Roadha Mihaaru
ފޮތް ކިޔައިދީ ވާހަކަ ދެއްކުމުން ސްކޫލްގައި ކާމިޔާބު

ތުއްތު ކުދިންނަށް ފޮތް ކިޔައިދީ ވާހަކަ ދެއްކުމުން ސްކޫލްގައި ކާމިޔާބު

12 ސެޕްޓެމްބަރ 2018

ތުއްތު ކުދިންނަށް ފޮތް ކިޔައިދީ އަދި އެ ކުދިންނާ ވާހަކަ ދެއްކުމުގައި ގިނަ ވަގުތު ހޭދަކުރާ ނަމަ އެ ކުދިން ސްކޫލްގައި، ކިޔެވުމަށް ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ތުއްތު ކުދިންނަށް ފޮތް ކިޔައިދީ އަދި އެ ކުދިންނާ ވާހަކަ ދެއްކުމުގައި ގިނަ ވަގުތު ހޭދަކުރާ ނަމަ އެ ކުދިން ސްކޫލްގައި، ކިޔެވުމަށް ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ދިރާސާގެ ނަތީޖާއިން ދެއްކީ ކުދިންނަށް ގޭގައި ގިނައިން ފޮތް ކިޔައިދީ އަދި އެ ކުދިންނާ ވާހަކަ ދެއްކުމަށް ގިނަ ވަގުތު ހޭދަކުރި ވަރަކަށް ކުދިންގެ ވިސްނުން ތޫނުކަމާއި ހުނަރުވެރިކަން އިތުރުވާ ކަމަށެވެ. އެގޮތުން ކުދިންގެ ކިބައިން މިކަން ފެންނަން ފަށާނީ މެދު މަދަރުސީ ތައުލީމާ ހިސާބުން ކަމަށް ދިރާސާގައި ބުންޏެވެ.

އެމެެރިކާގެ ތަޖުރިބާކާރެއް ކަމަށްވާ ޖިލް ގިލްކާސަން އިސްކޮށް ހުންނަވައިގެން ކުރި ދިރާސާއިން ހާމަވީ ފޮތް ކިޔައިނުމާއި ވާހަކަ ދެއްކުމުގައި ގިނައިރު ހޭދަކުރާ ކުދިންގެ ވިސްނުން ރަނގަޅުވާއިރު، މި ކަންކަން މަދުވެއްޖެ ނަމަ ކުއްޖާގެ ގާބިލްކަން ދަށަށް ދާ ކަމެވެ.

"ދަރިންނާ ވާހަކަ ދެއްކުމުގެ މުހިންމުކަން ބެލެނިވެރިންނަށް އެނގެން އެބަ ޖެހޭ. ކިތަންމެ ކުޑަ ކުއްޖަކަށް ވިޔަސް އެ ކުއްޖަކާ މުއާމަލާތް ކުރަންޖެހޭނެ. އެއީ ކޮންމެހެން ވާހަކަ ދެއްކުން ކަމަށް ނުވިޔަސް ކިތަންމެ ކުޑަ ކުއްޖާއާ ވެސް މުއާމަލާތުކުރަން ޖެހޭނެ،" ގިލްކާސަން ވިދާޅުވެފައިވެ އެވެ.

މިގޮތަށް ގިނައިން މުއާމަލާތްކުރާ ކުދިންގެ ކިބައިން އެކަން ކުރުމުގެ ރަނގަޅު ނަތީޖާ ފެންނަން ފަށަން 18-24 މަސް ދުވަސް ހޭދަވެދާނެ ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.