ރިޔާސީ އިންތިހާބާ ދިމާކޮށް ލިޓަސް އިން ސައިކަލުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ލިޓަސް އިން ސައިކަލުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ "ލިޓަސް އިންތިހާބު 2018"ގެ ނަމުގައި އިއްޔެ އިން ފެށި ޕްރޮމޯޝަން މިމަހުގެ 30 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ތަފާތު ހަ ވައްތަރެއްގެ ސައިކަލް "ކެންޑިޑޭޓުން"ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ލިޓަސް އިން ބުންޏެވެ. އެ ކެންޑިޑޭޓުންގެ ފަރާތުން ތަފާތު ހަ "ވައުދުތަކެއް" ވެސް ހުށަހަޅާފައިވެ އެވެ.
ލިޓަސް އިން ވަނީ ހޮންޑާ ޒޫމާ ސައިކަލެއް ގަތުމުން އެއް މަސް ދުވަހުގެ ތެލުގެ ހަރަދަށް 1،000ރ. ދޭން ހަމަޖައްސައިފަ އެވެ، އަދި ހޮންޑާ ސްކޫޕީ ސައިކަލެއް ގަތުމުން ހަ މަސްވަންދެން އިތުރު ރެންޓަލް ޗާޖެއް ނުނަގަން ވެސް ނިންމާފައިވެ އެވެ. އޭގެ އިތުރުން ޔަމަހާ ކިއުބިކްސް ސައިކަލެއް ގަތުމުން އެއް އަހަރުގެ އިންސްޓޯލްމަންޓުން 15 ޕަސެންޓް ޑިސްކައުންޓް ދޭއިރު ޔަމަހާ އެއިރޮކްސްއެއް ގަތުމުން 4،000ރ. ގެ ޑިސްކައުންޓެއް ވެސް ދެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ހޮންޑާ އެއާ ބްލޭޑެއް ގަންނަން ދައްކާ 15،000ރ. ގެ ޑައުންޕޭމަންޓުން 5،000ރ. އުނިކޮށްދޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ހޮންޑާ މޫވް ސައިކަލެއް ގަތުމުން 1،600ރ.އަށް ވާ މިންވަރަށް ސައިކަލް ސާވިސްކޮށްދެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވަގުތާއި ހާލަތާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދޭން. އިންތިހާބުގެ ކެމްޕޭން މިހާ ފޯރިގަދަކޮށް ކުރިޔަށްދާއިރު، މިއީ ސައިކަލެއް ހެޔޮ އަގުގައި ގަންނަން އެންމެ ރަނގަޅު ވަގުތު،" ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
ލިޓަސް އިން ގަންނަ ސައިކަލް "ވަގުތުން އަތަށް"
ލިޓަސް އިން ގޭދޮށަށް ސައިކަލް ގެންގޮސްދެނީ!
ލިޓަސް މުވައްޒަފުން އެކުވެރިކަމުގެ ދަތުރުގައި ލަންކާއަށް
ލިޓަސް އިން ސައިކަލް ނުލިބިގެން އެތައް ބައެއްގެ ޝަކުވާ
އައްޑޫގައި އުޅޭ ފުލުހުންނަށް ލިޓަސްއިން ހަ ސައިކަލެއް
ކޮނޑުގައި ދަރިފުޅު އުފުލި މަންމައަށް ސައިކަލެއް ދީފި
ލިޓަސްގެ އާ ޕްރޮމޯޝަން: ޓެކްސީ އެލަވެންސް
ލޮޓަސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ލައިސެންސް ނަގަން ހިތްވަރުދޭ ޕްރޮމޯޝަނެއް ލިޓަސްއިން
ލިޓަސް އިން "ފިސާރި ކަނބަލުންނަށް" ޕްރޮމޯޝަނެއް