ގައުމީ މަންހަޖުގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ހިމަނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
14 ސެޕްޓެމްބަރ 2018
ގައުމީ މަންހަޖުގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ހިމަނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަންހަޖުގެ ތެރެއަށް އައިސީޓީ ލައި، އެއީ މަޖުބޫރު ކަމަކަށް އެ މަނިކުފާނަށް ދެން ލިބޭ ދައުރެއްގައި ހައްދަވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން މިހާތަނަށް ރާއްޖެއަށް ހޯދިފައި ނުވާ ވަރުގެ ބޮޑެތި ކާމިޔާބީތައް ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމީ މަންހަޖުގެ ތެެރެއަށް އިރާދަކުރެއްވިއްޔާ މި އަންނަ ދައުރުގައި އައިސީޓީ މަޖުބޫރު ކުރާނަން. އޭގެ ބޭނުމަކަށް ވަނީ ކޯއްޗެއްތޯ؟ އައިސީޓީއާ ނުލައި ދެން ދުނިޔޭގައި ތަހުޒީބުވެފައި ހުރި އެހެން ގައުމުތަކުން މި ކުރާ މަސައްކަތްތަކެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިހާރު ހަމައެކަނި ވަކި މާއްދާތަކެއް ކިޔަވައިފައި ފުއްދައި ލެވޭކަށް ނެތެވެ. އަދި ރާއްޖޭގެ މިހާރުގެ މަންހަޖަކީ ވަށައި ޖެހޭ މަންހަޖެއް ކަމަށާއި މިހާރު އުފައްދަމުން އަންނަ އާ ސިނާއަތްތަކާ އެކު، އެ ދާއިރާތަކަށް މީހުން ބުނާ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނާ އެކު ޕީޕީއެމުން އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން.
"އިގުތިސާދީ ތައުލީމުގެ މީހުންނާއި ލޯޔަރުންނާއި އަދި އައިސީޓީ ފެމިލިއަވާ އެ ދާއިރާ އަށް ކުޅަދާނަ ކުދިން ނެރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ. "އައިސީޓީ ޕާކް ހެދުމެއް އެކަންޏެއް ނޫން. ގައުމީ މަންހަޖުގެ ތެރެއަށް އައިސިޓީ ވަންނަން އެބަ ޖެހޭ. އަޅުގަނޑުމެން ބޭނުންވޭ ދެން އަންނަ ޖެނެރޭޝަނަކީ ތޫނު ފިލި ކުދިންނަށް ވާން. އެއީ ހަމައެކަނި ސިލިކަން ވެލީގެ ހައްގެއް ނޫން. އެކަން ދިވެހިންނަށް ވެސް ވާނެ."
ރައީސް ޔާމީން ވިދާޅުވީ ޒުވާނުން ކުރިއަރުވައި ތައުލީމީ ބަޔަކަށް ހެދުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ސަރުކާރުން ފަންނީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކޮންމެ އަހަރަކު ދޭ ސްކޮލަޝިޕްތަކުގެ އަދަދު ވެސް 100 އަށް އިތުރު ކުރާނެ ކަމަށެވެ.
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
"ހިތަދޫގެ ބޮޑު ތާއީދެއް ނަޝީދަށް އޮންނާތީ ހައިރާންވޭ"
މާލެ ފިޔަވައި އެންމެ ބޮޑު ހޭދަކުރީ އައްޑުއަށް: ރައީސް
އަދާލަތު އުޅެނީ އަމިއްލަ އެދުމައިގެން: މުއިއްޒު
އަސްލު ސޫރަ ދައްކާނީ އިންތިހާބަށް ފަހު: ރައީސް
ހިތަދު އާއި މީދޫ ވެސް ބްރިޖަކުން ގުޅާލާނަން: ރައީސް
ރައީސް ޔާމީން އައްޑު އަށް ވަޑައިގެންފި
ރައީސްގެ ސިޔާސަތަށް ޒުވާނުން ފަހުރުވެރިވާންޖެހޭ: ޝަހީމް
އައްޑޫން ސަރުކާރަށް ނެގި ބިންތައް އަލުން ހަވާލުކުރަނީ
މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނަން: ފަލާހް