ރަނގަޅު ފެންވަރަކަށް އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
22 އޮކްޓޯބަރ 2017
ރަނގަޅު ފެންވަރަކަށް އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން އައްޑޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަން ބޭނުންވާ މަޝްރޫއެއް ކަމަށެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އިރު، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑޫގެ މަގުތައް ހަދަން ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
"މި ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު އިރާދަކުރެވިއްޔާ އަމަލީ ގޮތުން ފެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާ ތަން ތިޔަ ހުރިހާ ރައްޔިތުންނަށް ފެނިގެން ދާނެ،" މީގެ ކުރިން ވެސް ބައެއް މަގުތައް ހަދާފައިވާ އައްޑުއާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ހުސް ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫންކަން އައްޑޫގެ ހުރިހާ އަވަށްތަކުގައި ހިނގަމުންދާ މަސައްކަތްތަކުން އެނގޭނެ ކަމަށެވެ.
"މި ދައުރުގެ ބާކީ މިއޮތް މުއްދަތުގައި [އައްޑޫން] ފެނިގެން ދާނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކުން މަގު ހެދުމުގެ މަސައްކަތް ފުރިހަމަވެގެންދާ ތަން،" މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު ފެނާއި ނަރުދަމާގެ ހިދުމަތް ވެސް އެ އަންނަނީ ހަގީގަތަކަށްވަމުން."
AdduCity ge hurihaa rashegge magu hedhumuge mashroou kuriyah gendhiyumah SierraConstruction aa havaalukurumah sarukaarun iyye vanee nimmaafa
— Dr.Mohamed Muizzu (@MMuizzu) May 5, 2017
މަގުތައް ހެދުމާ ގުޅޭ ގޮތުން މިނިސްޓަރު މެއި މަހު ކުރެއްވި ޓްވީޓެއް.
ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އަދި ހުޅުމީދޫގެ މަސައްކަތް ސިއެރާ އިން ކުރިއަށް ގެންދާ އިރު، ހިތަދޫގެ ނަރުދަމާގެ މަސައްކަތުން ނުނިމި ހުރި މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޑަބްލިއުއެސްސީންނެވެ.
މި މަސައްކަތް ރަސްމީކޮށް އިފުތިތާހު ކުރީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.
މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފޭދޫގެ ހިއްކި ބިމުގައި ހަދަން ނިންމާފައިވާ 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން މިހާރު އޮތީ ޓެންޑާ ކުރުމުގެ މަރުހަލާގަ އެވެ. އަދި ހިތަދު އާއި ހުޅުމީދޫގައި އަޅާފައި ހުރި ފްލެޓްތައް މި އަހަރު ނިމުމުގެ ކުރިން ހައްގުވެރި ފަރާތްތަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަޅާފައިވާ އިރު، ހުޅުމީދޫގައި ވަނީ 48 ފްލެޓް އިމާރާތްކޮށްފަ އެވެ.
އައްޑޫން ސަރުކާރަށް ނެގި ބިންތައް އަލުން ހަވާލުކުރަނީ
އަދާލަތު އުޅެނީ އަމިއްލަ އެދުމައިގެން: މުއިއްޒު
މާލޭން ނުލިބޭ ސިއްހީ ފަރުވާ އައްޑޫން ލިބޭނެ: މުއިއްޒު
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
އައްޑޫ ހޮސްޕިޓަލް ނިމިއްޖެ، މަދުވަނީ ސާމާނު: މުއިއްޒު
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
"ހިތަދޫގެ ބޮޑު ތާއީދެއް ނަޝީދަށް އޮންނާތީ ހައިރާންވޭ"
މަންހަޖުގައި އައިސީޓީ ހިމަނާނަން: ރައީސް
މާލެ ފިޔަވައި އެންމެ ބޮޑު ހޭދަކުރީ އައްޑުއަށް: ރައީސް
އައްޑޫން ދޫކުރާ ވިޔަފާރި ބިންތަކަށް ހުޅުވާލައިފި