Roadha Mihaaru
ވައްކަން ކުރަނިކޮށް ދެ ވަގުން ހައްޔަރުކޮށްފި

ވައްކަން ކުރަނިކޮށް ދެ ވަގުން ހައްޔަރުކޮށްފި

15 ސެޕްޓެމްބަރ 2018

މާލޭގެ މޮބައިލް ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކުރަން އުޅުނު ދެ ވަގަކު، ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މޮބައިލް ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކުރަން އުޅުނު ދެ ވަގަކު، ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނިގޮތުގައި ޝާރިއު ވަރުދީ މަގުގައި ހުންނަ "މައިބޭ" ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އުޅެނިކޮށް 32 އަހަރާި 39 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރީ ދަންވަރު 3:00 ހާއިރު އެވެ. ވަތްގަނޑުގައި ހުރި ލާރިކޮޅެއް ފިޔަވައި، އެހެން އެއްޗެއް ގެންދިއުމުގެ ކުރިން އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ ހައެއްކަ މަސް ކުރިން ހުޅުވި މައިބޭ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ އެތަން ފަޅާލައިގެން ދެ ވަގުން ވަދެފައި ވަނީ ރޭ ވާރޭވެހެމުން ދިޔަ ވަގުތު ކަމަށެވެ.