Roadha Mihaaru
ފިހާރަޔަކުން ބޮޑު ވައްކަމެއް ކުރި ބަޔަކު އަތުލައިގެންފި

ފިހާރައަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ސާމާނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި

14 އެޕްރީލް 2020

ބިޒް މޮބައިލް ފިހާރަ ފަޅާލައި، އެތަނުން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިޒް މޮބައިލް ފިހާރަ ފަޅާލައި، އެތަނުން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހު ބިޒް މޮބައިލް ފިހާރައިން ވައްކަން ކޮށްގެން 75،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި ކަމަށެވެ. އޭގެ ތެރެއިން 62،000ރ. ގެ ތަކެތި ހޯދައި، ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށާއި އެހެން ތަކެތި ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކުރީ އަންހެންނަކާއި ފިރިހެނެކެވެ. އަދި މި މީހުން އެ ތަނުން ވައްކަންކުރި ކަމަށް އެއްބަސް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ފިރިހެން މީހާ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަން ދޫކޮށްލާފައިވާ މީހެއް ކަމަށާއި އެހެންވެ، މިހާރު އޭނާ ކަރެކްޝަންސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ބިޒް މޮބައިލް ފިހާރައިން ބަޔަކު ވައްކަން ކުރިއިރު، އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަޅާލައި، 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.