Roadha Mihaaru
ފިހާރައެއް ފަޅާލައި ވައްކަންކުރަން ތިއްބާ އަތުލައިގެންފި

ފިހާރައެއް ފަޅާލައި ވައްކަން ކުރަން ވަދެ ތިއްބާ އަތުލައިގެންފި

24 ޖެނުއަރީ 2021

މާލޭގެ ބުރުޒު މަގުގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކުރަން ވަދެ ތިއްބާ ރޭ ފަތިހު ބަޔަކު އަތުލައިގެންފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލޭގެ ބުރުޒު މަގުގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކުރަން ވަދެ ތިއްބާ ރޭ ފަތިހު ބަޔަކު އަތުލައިގެންފި އެވެ.

ގަލޮޅުން ޑރ. ޑީޑީ ޑެންޓަލް ކްލިނިކް ކައިރީގައި ހުންނަ އެސްބީ މާޓަށް ރޭ ފަތިހު 4:30 ހާއިރު ވަދެ ތިއްބާ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފިހާރަ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ތަން ފަޅައިލީ ދަގަނޑުގަނޑެއް ބޭނުންކޮށްގެން، ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

ވަގުން އަތުލައިގަތީ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ އާއި ކެމެރާ ސިސްޓަމް ވަގަށް ގެންދަން އުޅެނިކޮށް ކަމަށް ފިހާރައިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ވަތްގަނޑުގައި ހުންނާނީ ދެ ހާހެއްހާ ރުފިޔާ އެވެ.

"ފައިސާ އާއި ކެމެރާ ސިސްޓަމްގެ ބައިތައް އެ މީހުންގެ ޖީބަށް ޖަހާފައި ހުއްޓާ ފުލުހުންނަށް ފެނުނީ،" އޭނާ ބުންޏެވެ.

ވަގުން ފިލައިގެން ދިއުމުގެ ކުރިން އަތުލައިގަނެވުނީ ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭ ފުލުހުން އެތަނަށް ދިއުމުންނެވެ.