Roadha Mihaaru
އިބޫ އަށް މުލަކުން ހަދިޔާކުރީ އެންމެ ބޮޑު މާބޮނޑި

އިބޫ އަށް މުލަކުން ހަދިޔާކުރީ އެންމެ ބޮޑު މާބޮނޑި

17 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނުގައި މުޅި ރާއްޖެއަށް ދަތުރުކުރައްވާއިރު ކޮންމެ ރަށަކުން ވެސް މަރުހަބާ ކިޔަނީ މަލުގެ ހާރާއި މާބޮނޑިތަކުންނެވެ. އެކަމަކު މިއަދު މ. މުލަކުން އިބޫ އަށް ހަދިޔާކުރި މާބޮނޑި ތަފާތެވެ. އެއީ އިސްކޮޅަށް ވުރެ ބޮޑުކޮށް ހަދާފައި އޮތް ބޮޑު މާބޮނޑިއެކެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާތްގަނޑަކަށް ދެ ހާހުގެ އާބާދީއެއް އޮންނަ މުލަކަށް އިބޫ ވަޑައިގަތުމާ އެކު، ސަޕޯޓަރުން މަރުހަބާ ދެންނެވީ ބޮޑުބެރާއި ލަނގިރި ޖެހުމާއެކުގެ އެވެ. އަދި ސީޕްލޭނުން ފައިބައިވަޑަތުމާ އެކު އިބޫ އަށް ހަދިޔާކުރި މާބޮނޑީގެ ދިގު މިނުގައި ހަ ފޫޓު އަދި ފުޅާ މިނުގައި ތިން ފޫޓު ހުއްޓެވެ.

މުލަކުގެ ކެމްޕެއިން މެނޭޖަރު އަދި އެމްޑީޕީގެ މުލަކު ދާއިރާގެ ނައިބު ރައީސް އިބްރާހިމް ލަތީފް "މިހާރު" އަށް ވިދާޅުވީ މިއީ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން ތަފާތު ކަމެއް ކޮށްލުމުގެ ގޮތުން ހަދިޔާކުރި އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށަކުން ވެސް އިބޫއަށް މަރުހަބާ ކިޔުމަށް ތަފާތު ކަމެއް ކުރެވޭތޯ ބަލާ ކަމަށެވެ.

ބޮޑު މާބޮނޑީގައި ބޯގަންވިލާ، ބޮކަރު، ސައިމާ އަދި ތައުޒަން ފްލާވާ ހުއްޓެވެ. އެއީ އިދިކޮޅު ޕާޓީތަކުގެ ކުލަތައް ހިމެނޭ ގޮތުންނެވެ.

"މިއީ ރަށުން ލިބޭ ހުރިހާ މަލެއް ހިމަނައިގެން، ހެދި މާބޮނޑިއެއް،" ލަތީފް ވިދާޅުވި އެވެ.

އިބޫ މިއަދު މުލަކަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ.

ލަތީފް ވިދާޅުވީ މީގެކުރިން، ބޭއްވި އިންތިހާބުތަކުގައި، ވެރިކަން ކުރާ ޕީޕީއެމަށް މުލަކުން މެޖޯރިޓީ ލިބުނު ކަމުގައިވިޔަސް، އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މުލަކުގެ މެޖޯރިޓީ އޮންނާނީ އިބޫ އަށް ކަމަށެވެ.