Roadha Mihaaru
ރައީސް ޔާމީން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ހައި ކޯޓަށް ބަލައެއްނުގަތް

18 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ އަބުރަފުޅަށް އަރައިގަތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާ ދެކޮޅަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ އިއްޔެ ބޭރުކޮށްލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ އަބުރަފުޅަށް އަރައިގަތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާ ދެކޮޅަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ އިއްޔެ ބޭރުކޮށްލައިފި އެވެ.

ރައީސް ޔާމީންގެ އަބުރަފުޅަށް އަރައިގަތުމަކީ އެ މަނިކުފާނުގެ އިންތިޚާބީ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ނަމަވެސް، ރައީސް ޔާމީންގެ ވަކީލުންނާ ނުގުޅޭތީ، އެކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތްކަން އަންގައި ލިޔުމުން ޖަވާބު ދީފަ އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅީ، އުތުރު ކޮރެއާ އާއި ރާއްޖޭގެ ކުންފުންޏަކާ ދެމެދު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރީގެ މުއާމަލާތާ ރައީސް ޔާމީނާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން ތައްޔާރުކޮށް މި މަހުގެ ތިން ވަނަ ދުވަހު ނެރުނު ރިޕޯޓުގެ މައުލޫމާތު ހިއްސާ ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

Raees Yamin ge aburaa behunu massala Civil Court in balaigenfi

Raees Yamin ge aburaa behunu massala Civil Court in balaigenfi

The most trusted news source in the Maldives

Mihaaru

އަބުރުގެ މައްސަލަ ސިވިލް ކޯޓުން ބަލައިގަތުން

އެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ވަނީ އަބުރުގެ މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ވަނީ އެ ކޯޓަށް ބަލައިގެންފަ އެވެ.

Bodethi thuhumathuthakakaaeku Raess Yaminge masalaeh ACC ah

Bodethi thuhumathuthakakaaeku Raess Yaminge masalaeh ACC ah

The most trusted news source in the Maldives

Mihaaru

ރައީސްގެ ޔާމީންގެ މައްސަލަ އޭސީސީއަށް ހުށަހެޅުން

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ކުރިން ވިދާޅުވެފައި ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގައި، އަބުރު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.