Roadha Mihaaru
އަހުސަން އޭ380 ދުއްވި މަންޒަރު ކޮކްޕިޓް ތެރެއިން

އަހުސަން އޭ380 ދުއްވި މަންޒަރު ކޮކްޕިޓް ތެރެއިން

19 ސެޕްޓެމްބަރ 2018

ރާއްޖޭގެ ވައިގެދަތުރުފަތުރުގެ ތާރީޚުގައި އިއްޔެ ފާހަގަކުރި މުހިއްމު ކާމިޔާބީ ހަގީގަތަކަށް ހަދައިދިނުމުގެ ފުރުސަތު އިއްތިހާދު އެއާވޭސް އަށް ލިބިގެންދިޔައީ އެ އާލައިންގައި މަސައްކަތްކުރާ ދިވެހި ޕައިލެޓް އަލީ އަހުސަންގެ ސަބަބުންނެވެ. ފަސިންޖަރުން އުފުލާ އެންމެ ބޮޑު މަތިދާންބޯޓު އެއާބަސް އޭ380 ދުއްވުމުގެ ލައިސަންސް އޮތް އަހުސަން އޭގެ ބޯޓެއްގައި ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރު ވެގެން ދިޔައީ އިއްތިހާދުގެ ދަތުރަކަށެވެ. އެކަން އިއްތިހާދުން ޝަރަފެއްގެ ގޮތުގައި ބަލައިގަތްކަން، އިއްޔެގެ ދަތުރުގެ މަންޒަރުތަކާ އެކު އެ އެއާލައިނުން މިއަދު ޝާއިއުކޮށްފައިވާ ވީޑިއޯ އިން އެނގެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރާއްޖޭގައި ޖެއްސި ފުރަތަމަ އޭ380 ދުއްވަން އަހުސަން ކޮކްޕިޓްގައި

ރާއްޖޭގައި ޖެއްސި ފުރަތަމަ އޭ380 ދުއްވަން އަހުސަން ކޮކްޕިޓްގައި

އޭ380ގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ޖެއްސުމާ ގުޅިގެން ރާއްޖެ އަށް މަރުހަބާ ކިޔަމުން ސޯޝަލް މީޑިއާގައި އިއްތިހާދުން އާއްމުކޮށްފައިވާ ވީޑިއޯގައި، އެ ދަތުރުގެ ކޯ ޕައިލެޓް އަހުސަނާއި ކެޕްޓަން ކޮކްޕިޓްގައި މަސައްކަތްކުރާ ތަން ދައްކާލަ އެވެ.

ރާއްޖޭގައި ޖެއްސި ފުރަތަމަ އޭ380 ދުއްވަން އަހުސަން އާއި ކެޕްޓަން ކޮކްޕިޓްގައި

ރާއްޖޭގައި ޖެއްސި ފުރަތަމަ އޭ380 ދުއްވަން އަހުސަން އާއި ކެޕްޓަން ކޮކްޕިޓްގައި

މިނިޓެއްހާ އިރުގެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ ބަންގްލަދޭޝްގެ ޑާކާގައި ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ގޮވައިގެން ޔޫއޭއީގެ އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ނައްޓާލި މަންޒަރުތަކެވެ. މާލޭގެ ކޯޑާ އެކު ފްލައިޓް މެނޭޖްމެންޓް ސިސްޓަމަށް ފްލައިޓް ޕްލޭން އެންޓާކުރުމަށް ފަހު، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ އިރުޝާދު ތަކުރާރުކުރުމުގެ ގޮތުން ކެޕްޓަން ވާހަކަ ދައްކަ އެވެ.

އޭ380 ތިރިކުރަމުންދިޔަ އިރު ކޮކްޕިޓް ތެރެއިން ނަގާފައިވާ މަންޒަރެއް

އޭ380 ތިރިކުރަމުންދިޔަ އިރު ކޮކްޕިޓް ތެރެއިން ނަގާފައިވާ މަންޒަރެއް

ރާއްޖެ އައިސް ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ތިރިކުރުމުގެ ކުރިން، އެ ޚާއްސަ ދަތުރު އާއްމުންނަށް ދައްކާލުމުގެ ގޮތުން، މާލެ ވަށައި 1،000 ފޫޓު މަތިން ބުރެއް ޖެހުމާއި އިއްޔެ ހަވީރު 3:45 ހާއިރު ރަންވޭގައި ބޯޓު ޖެއްސުމާ އެކު ދިން ވޯޓަ ސެލިއުޓާއި ކޮކްޕިޓުގައި ހުރެގެން ފަސްޓް އޮފިސަރު އަހުސަން ދިވެހި ދިދަ ބޭރަށް ވިހުރުވި ތަން ވެސް ފެނެ އެވެ.

އޭ380ގެ ކޮކްޕިޓް ތެރެއިން އާ ރަންވޭ

އޭ380ގެ ކޮކްޕިޓް ތެރެއިން އާ ރަންވޭ

އެކަމަކު އިއްތިހާދުގެ ވީޑިއޯގެ ޚާއްސަ ކަމަކީ ކޮކްޕިޓް ތެރެއިން ނަގާފައިވާ މަންޒަރުތަކެވެ. ކެޕްޓަނާއި އަހުސަން ބޯޓު ދުއްވާ މަންޒަރުތަކުގެ އިތުރުން ބޯޓު ތިރިކުރަމުން އައި އިރުގެ ހިތްގައިމު މަންޒަރުތަކާއި އާ ރަންވޭ ވެސް ފެނެ އެވެ.

އޭ380ގެ ކޮކްޕިޓް ތެރޭގައި ހުރެގެން އަހުސަން ދިވެހި ދިދަ ހޫރާލަނީ

އޭ380ގެ ކޮކްޕިޓް ތެރޭގައި ހުރެގެން އަހުސަން ދިވެހި ދިދަ ހޫރާލަނީ

ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އެކަން ފާހަގަކުރުމުގެ ގޮތުން ކެޕްޓަން އެންމެ ފުރަތަމަ ވެސް އަހުސަނާ ސަލާމްކޮށްލަ އެވެ. ބެލެވޭ ގޮތުގައި އަހުސަނަށް ކެޕްޓަން މަރުހަބާ ކީ އެވެ.

ބޯޓު ޖެއްސި ވަގުތު ކޮކްޕިޓްގައި އަހުސަނާއި ކެޕްޓަންގެ ފަހަތުގައި އިތުރު ދެ މީހަކު ބަލަން ތިއްބެވެ.

ސާފްގެ ތަށި ހޯދައިގެން ބަތަލުންގެ ގޮތުގައި ރާއްޖެ ދިޔަ ފުޓްބޯޅަ ޓީމް ބޭލުމަށް ފަހު އޭ380ގެ ބޯޓު ވަނީ އިއްޔެ ފުރައިފަ އެވެ.

އޭ380ގެ ދަތުރު