މިދިޔަ ފަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް 83 ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.
31 ޑިސެމްބަރ 2018
މިދިޔަ ފަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް 83 ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.
މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަ ހަސަން އަރީފު ވިދާޅުވީ، މި މަހުގެ 25 އިން މިއަދުގެ ނިޔަލަށް ޕްރައިވެޓް 83 ޖެޓް ޖައްސާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެއްސީ 55 ޕްރައިވެޓް ޖެޓް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު އެއަޕޯޓުގެ ދަތުރުތަކަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށާއި ކޮންމެ ދުވަހު ފަސިންޖަރުން އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް އޮޕަރޭޝަންގެ ކަންކަން ކުރަނީ ފަސިންޖަރުންނަށް ދަތިނުވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި އެއާޕޯޓުގެ މުވައްޒަފުން މި ދުވަސްވަރު ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ކިޔު ހަދާއިގެން ގިނަ އަދަދެއްގެ ދަތުރުވެރިން
ހަސަން ވިދާޅުވީ، އެއާޕޯޓަށް އަންނަ ބޯޓުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން، ވައިގެ ތެރޭގައި ބައެއް ފްލައިޓްތައް ހޯލްޑު ކުރަންޖެހޭ ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ނިޔަލަށް އެއާޕޯޓުގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުވެފައިވާ އިރު މިމަހުގެ 23 ވަނަ ދުވަހަކީ އެއަޕޯޓުގެ ރެކޯޑް ދުވަހެކެވެ. އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 729 އަށް އަރަ އެވެ. މީގެ ކުރިން ވީއައިއޭގެ ރެކޯޑް އަދަދެއްގެ ދަތުރުގެ މުއާމަލާތް ހިންގާފައި ވަނީ 644 އެއާޕޯޓް ޓްރެފިކް މޫވްމެންޓް (އޭޓީއެމް) އާ އެކު މި އަހަރުގެ ޖެނުއަރީ މަހު އެވެ.
މި މަހުގެ 23 ވަނަ ދުވަހު އެމްއޭސީއެލުން ވަނީ 21،992 ފަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި 17،723 ބައިނަލްއަގުވާމީ ދަތުރުވެރިންނާއި 4،269 އެތެރޭގެ ދަތުރުވެރިން ހިމެނެ އެވެ. އަދި ސީޕްލޭންތަކުން 5،500 މީހުން ދަތުރުކުރި އެވެ.
އެއާޕޯޓު ފުރި ބާރު ބޮޑުވެފައިވާ އިރު މިދުވަސްވަރަކީ ރާއްޖެއަށް އަންނަ ޓޫރިންސްޓުން ވެސް އިތުރު ދުވަސްވަރެކެވެ. އެގޮތުން ގިނަ ރިސޯޓްތަކާއި ގެސްޓްހައުސްތަކެއް ހިންގަމުންދަނީ ފުލް އޮކިއުޕެންސީގަ އެވެ.
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
އާ ރަންވޭގެ މުހިންމު އާލާތެއް ބޭނުންކުރެވޭ ހާލަތަށް
ވީއައިއޭގެ އިރުމަތީ އޭޕްރަން ޖެޓްތަކަށް ހުޅުވާލައިފި
އެއާޕޯޓުގެ އާ ރަންވޭ ހުޅުވޭނީ އަންނަ އަހަރު ކުރީކޮޅު
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށް އެއް ބިލިއަން ރުފިޔާ
މިހާ ބޮޑު ޝަރަފަކަށް އުއްމީދެއް ނުކުރަން: އަހުސަން
އަހުސަން އޭ380 ދުއްވި މަންޒަރު ކޮކްޕިޓް ތެރެއިން