Roadha Mihaaru
ކުނި އެންދުން ހުއްޓާލައި އިންގިލާބީ ބަދަލަކާ ދިމާލަށް

ކުނި އެންދުން ހުއްޓާލައި އިންގިލާބީ ބަދަލަކާ ދިމާލަށް

22 ސެޕްޓެމްބަރ 2018

ކުރިން ނަމަ، އަޑު އިވެނީ މާލޭގައި އޮންނަ ބޮޑު "ކުނި ފަރުބަދައިގެ" ވާހަކަ އެވެ. ބައެއް ދުވަސްތަކުގައި ކުނީގެ ވަހުން މާލޭގެ އިތުރުން ކައިރި ރަށްރަށަށް އެކަމުގެ އުނދަގުލާ ކުރިމަތިވާ ވާހަކަތަކެވެ. މާލެ ބޮޑު "ގޮނޑަކަށް"ވެ ދިރިއުޅެން އުނދަގޫވާ ހިސާބަށް ދިޔަ އެވެ. އެކަމަކު، ސަރުކާރުގެ ވެރިން ގަބޫލު ކުރައްވާ ގޮތުން މި ހުރިހާ ކަމަކަށް ހައްލެއް ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ތެރޭގަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިން ނަމަ، އަޑު އިވެނީ މާލޭގައި އޮންނަ ބޮޑު "ކުނި ފަރުބަދައިގެ" ވާހަކަ އެވެ. ބައެއް ދުވަސްތަކުގައި ކުނީގެ ވަހުން މާލޭގެ އިތުރުން ކައިރި ރަށްރަށަށް އެކަމުގެ އުނދަގުލާ ކުރިމަތިވާ ވާހަކަތަކެވެ. މާލެ ބޮޑު "ގޮނޑަކަށް"ވެ ދިރިއުޅެން އުނދަގޫވާ ހިސާބަށް ދިޔަ އެވެ. އެކަމަކު، ސަރުކާރުގެ ވެރިން ގަބޫލު ކުރައްވާ ގޮތުން މި ހުރިހާ ކަމަކަށް ހައްލެއް ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ތެރޭގަ އެވެ.

ތިލަފުށީގައި ކުރިން، 300 އަށްވުރެ ގިނަ ޓަނުގެ ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ކައިރި ރިސޯޓުތަކުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އޮވެ އެވެ. ކުރިން ނަމަ، އެއްވެސް ސިސްޓަމެއް ނެތި، ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން ދިމާވާ މައްސަލަތައް މާ ގިނަ އެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ ތިލަފުށީގައި ކުނި އެންދުން ހުއްޓާލައިފަ އެވެ.

ކުނި އެންދުން ހުއްޓާލި ނަމަވެސް، އެ ރަށުގެ އަޑީގައި ހުރި ކުނިތަކުގައި ދޭތެރެ ދޭތެރެއިން އަލިފާން ހިފަމުން ދާތީ ދުން އެރުމުގެ މައްސަލަ މަދުން ނަމަވެސް ކުރިމަތިވެ އެވެ. އެގޮތުން، ވިއްސާރަ ވެހޭ ދުވަސް ދުވަހާއި ގަދައަށް ވައި ޖެހޭ ދުވަސްތަކުގައި މިފަދަ ހާދިސާތައް ހިނގަ އެވެ. އެކަން ހައްލު ކުރުމަށް އެމްއެންޑީއެފާއި ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ގަބޫލު ކުރާ ގޮތުގައި، މިއީ ބުރަ މަސައްކަތަކަށް ވާނެ އެވެ. އެކަމަކު، ސަރުކާރުން އޮތީކީ މިކަން ކާމިޔާބުކޮށްފައި ނޫނީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ގޭގެއިން އުކާލުމަށް މަގުމައްޗަށް ނެރެފައި ހުރި ކުނިތަކެއް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގޭގެއިން އުކާލުމަށް މަގުމައްޗަށް ނެރެފައި ހުރި ކުނިތަކެއް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކުނި އެންދުމުގެ ބަދަލުގައި ދެ ބެއިލިން ސިސްޓަމް

ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ކުނީގެ މައްސަލައިގައި އަޅާނުލާ ދޫކޮށްލުމަކީ މާ ނާޒުކު ކަމެކެވެ. ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަން ބިނާވެފައި އޮތީ ތިމާވެއްޓަށް ކަމަށްވާއިރު، ކުނީގެ ސަބަބުން ގޮނޑުދޮށްތަކާއި ފަޅުތަކާއި ފަރުތައް ހަލާކުވެގެން ދިއުމަކީ ކުރިމަގަށް އެޅޭ ހުރަހެކެވެ. އެހެންވެ، ސަރުކާރުގެ ހުރިހާ ވިސްނުމެއް ވެސް މިހާރު ހުރީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖު ކުރުމަށެވެ.

ތިލަފުއްޓަށް ގެންދާ ކުނިތަކުގައި ރޯކުރުން ހުއްޓާލިތާ ދުވަސްކޮޅެއްވި އިރު، ފަސް އިންސިނެރާޓާއި ދެ ބެއިލިން މެޝިން ބަހައްޓާފައި ހުރެ އެވެ. ދެ ބެއިލިން މެޝިނަކީ ކުނި އެންދުން ހުއްޓާލުމުގެ ސަބަބުން މެއްސާއި މަދިރި އާއި މީދަލުގެ އުނދަގޫ ދިމާވެދާނެތީ އެކަން ހައްލު ކުރަން ބަހައްޓާ ދެ މެޝިނެވެ.

"ދެތިން ޓަނުގެ ކުނި ބެއިލްކޮށްފައި ބަހައްޓަނީ ވަށައިގެން ޕްލާސްޓިކް އަޅައިގެން ބައްދާފައި. އެ ޕްރޮސެސް މިހާރު ވަނީ ގާއިމު ކުރެވިފައި. އޭރުން އެއްވެސް ވަރަކަށް މެއްސާއި މީދަލުގެ އުނދަގުލެއް ނުނިކުންނާނެ،" އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާމިރު "މިހާރު" އަށް ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ކުނި ގެންގޮސް ތިލަފުއްޓަށް އަޅާއިރު، ކުނި މެނޭޖް ކުރެވޭނެ އެއްވެސް ސިސްޓަމެއް އެ ރަށުގައި ގާއިމު ކުރެވިފައެއް ނެތެވެ. އެކަމަކު، ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވީ ރައީސް ޔާމީން ކަން އާމިރު ފާހަގަ ކުރެއްވި އެވެ.

އިންސިނެރާޓާއާ އެކު، ކުނީގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ

ތިލަފުއްޓަކީ ރައްކާތެރި، ސާފު، ދިރިއުޅެވޭނެ ފަދަ މާހައުލަކަށް ހެދުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ހާއްސަ މަޝްރޫއެއް ތިލަފުށީގައި ކުރިއަށް ދާއިރު، މި މަޝްރޫއުގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތަށް ބޭނުންވާ 15 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިންމައި ތޮށިލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި އިންސިނެރާޓާއެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް (ކ) އާއި އާމިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި. - ފޮޓޯ: މިހާރު

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް (ކ) އާއި އާމިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި. - ފޮޓޯ: މިހާރު

"ބެއިލްކޮށްފައި ހުރި ކުނިތައް ހުންނާނެ ތިލަފުށީގައި އިންސިނެރާޓާ ގާއިމު ކުރެވެންދެން. އިންސިނެރާޓާ ގާއިމު ކުރެވުނީމަ، އޭގެ އެހީގައި ކުނިތައް އަންދާލާނީ،" އާމިރު ވިދާޅުވި އެވެ.

"އިންސިނެރޭޓް ކުރަން ފެށީމަ، ކުނީގެ ސަބަބުން އަރާ ދުމެއް އެއްވެސް ވަރަކަށް ނުފެންނާނެ. ހަމައެކަނި އާތްވަށް ވެގެން އަރައިގެން ދާނީ، އެހެންވީމަ މިހާރު ވެސް އޮތީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައި."

އޭޝިއަލް ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް ދިން 168 މިލިއަން ޑޮލަރުގެ އެހީއާ އެކު ކުރިއަށްދާ މަޝްރޫއުގެ ދަށުން ތިލަފުށީގައި ގާއިމު ކުރަން އުޅޭ އިންސިނެރާޓާއަކީ ދުވާލަކު 450 ޓަނުގެ ކުނި އެންދޭވަރުގެ އިންސިނެރާޓާއެކެވެ. މިއީ ޔޫރަޕްގެ އެކިއެކި ގައުމުތަކުގައި ބޭނުން ކުރާ ސިސްޓަމެކެވެ.

އާމިރު ވިދާޅުވި ގޮތުގައި، އިންސިނެރާޓާގެ ޑިޒައިންތައް ހަދަމުން އަންނައިރު، 2020 ނޫނީ 2021 ވަނަ އަހަރުގެ ތެރޭގައި އިންސިނެރާޓާ ގާއިމު ކުރެވޭނެ އެވެ. އަދި އިންސިނެރޭޓް ނުކުރެވޭ ކުނި މެނޭޖް ކުރާނެ ރީސައިކަލް ސެންޓަރެއް ތިލަފުށީގައި ހެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު ނިމޭއިރު، ތިލަފުށީގައި އަށް މެގަވޮޓްގެ ކަރަންޓު އުފެދިގެންދާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ހިދުމަތް ދޭން ފެށުމާއެކު، އާމިރު ވިދާޅުވި ގޮތުގައި ކ. އަތޮޅާއި ވ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކުން ކުނި ގެންނާނީ ތިލަފުއްޓަށެވެ. ކުނި މެނޭޖް ކުރުމަށް ހަތް ސަރަހައްދަކަށް ބަހާލާއިރު، އަމާޒަކީ ކުނީގެ މައްސަލަ މުޅި ރާއްޖެ އިން ހައްލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް ކުރަނީ.

ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް ކުރަނީ.

"ކުނީގެ މައްސަލަ ހައްލުކުރަން އުޅެނީ މި ސަރުކާރުން"

އާމިރު ވިދާޅުވީ ކުނީގެ މައްސަލައަކީ އެންމެ ރަނގަޅަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފަށައިގަންނަން ބެލިއިރު، އެއްވެސް ޕްލޭނެއް ކުރެވިފައި ނުވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުން އޮތީ ޓަޓުވާ ރިނިއުބަލް އެނާޖީ ކިއާ ކުންފުންޏަކާ ކުނި މެނޭޖް ކުރަން ހަވާލުކޮށްފައި. އެ ވެސް ހަވާލު ކުރީ ތިލަފުއްޓަށް ކުނި ގެންދިޔައީމަ، އެ ކުނިތަކާ ހަވާލުވާން. މާލެ އާއި އެހެން ރަށްރަށުގެ ކުނި މެނޭޖް ކުރަން އެ ކުންފުނިން ވިސްނާފައެއް ނެތް،" އާމިރު ވިދާޅުވި އެވެ.

"ކުނީގެ މައްސަލައިގައި އަޅާނުލާ ދޫކޮށްލުމަކީ މާ ނާޒުކު ކަމެއް. އެކަމަށް އަޅާނުލާ ދޫކޮށްލެވެން ނެތް،" ކުރީގެ ސަރުކާރުތަކުން ކުނީގެ މައްސަލައިގައި ވި އިހުމާލަށް އިޝާރަތް ކުރައްވައި އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުން ޕްލޭންތައް ހަދައިގެން އެންމެ ފުރަތަމަ ކަމަކަށްވީ މާލެ ތެރޭގެ ކުނި ހަމައަކަށް އެޅުވުން ކަމަށެވެ. އޭގެ ފަހުގައި، މަސައްކަތް ކުރަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ "ކޮންޓެއިނަރައިޒް ސިސްޓަމް" އަކަށް ބަދަލު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން، ކޮންޓެއިނާތަކަށް ކުނި އަޅާނީ. އަޅައިގެން ގެންދާނީ ތިލަފުއްޓަށް. މި ސިސްޓަމް ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމު ކުރަން މަސައްކަތް ކުރާނަން،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2015 ވަނަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ތިން ކަމުގެ ތެރޭގައި ކުނި މެނޭޖް ކުރުން ހިމެނޭ ކަމަށެވެ. ކުރިން 10 މިލިއަނެއްހާ ރުފިޔާ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ލިބޭ އިރު، ފަހުން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މެނިފެސްޓޯގައި ކުނީގެ މައްސަލަ ހައްލުކުރަން ވައުދުތަކެއް

ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަން ކުރާ ޕީޕީއެމުން އެކުލަވާލި މެނިފެސްޓޯގައި ކުނި ނައްތާލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ތަފްސީލްތައް ހިމަނާފައިވެ އެވެ.

އެގޮތުން، އެންމެ މުހިންމު ވައުދެއްގެ ގޮތުގައި ވަނީ ފާއިތުވި އަހަރުތަކުގައި ރަށްރަށުގައި ފުނި ޖެހިފައި ހުރި ކުންޏާއި އެ ރަށްރަށުގައި އުފެދޭ ކުނި ނަގައި ނައްތާލާ ތަންތަނަށް އުފުލައި ދިނުމުގެ ހިދުމަތް ހަމަޖެއްސުމެވެ.

މީގެއިތުރުން ތިލަފުށީގައި ކުނި އެންދުން ހުއްޓުމަކަށް ގެނެސް، ކުނިން އުފައްދާ ކަރަންޓު މާލެ ސަރަހައްދަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރަން ވައުދުވި އެވެ. އަދި ކުނި އުކާލާ ސެންޓަރުތައް ގާއިމުކޮށް ކުނި ނެގުމުގެ ހިދުމަތް ދޭނެ އުޅަނދުތައް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދޭން ހިމަނާފައިވެ އެވެ.

ކުނި ނައްތާލުމަށް ކަނޑައެޅޭ ދެމެހެއްޓެނިވި އުސޫލެއްގެ ދަށުން ރަށްރަށުގެ ތިމާވެއްޓާއި ގޮނޑުދޮށްތަކަކީ ގޭގެއިން އުކާލެވޭ ކުންޏާއި އެހެނިހެން ގޮތްގޮތުން އުކާލެވޭ ކުނިން ސަލާމަތްވެފައިވާ ތަންތަން ކަމުގައި ކަށަވަރުކޮށް، ރީސައިކަލް ކުރުމުގެ މަސައްކަތް ކުރުމަށް ރާއްޖޭގެ ހަތް ސަރަހައްދުގައި ރީސައިކަލް ސެންޓަރުތައް ހަދައި ކުނި ނައްތާލުމުގައި ގައުމީ ނިޒާމު ގާއިމުކުރާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.

ރީސައިކަލް ކުރުމުގެ ވިޔަފާރި ތައާރަފް ކުރުމުގެ ގޮތުން ރީސައިކަލިން ފަންޑެއް ގާއިމުކޮށް، ޕްލާސްޓިކް، އެލްމިނިއަމް، ކަރުދާސް ފަދަ ކުނި ރީސައިކަލް ކުރުމުގެ ވިޔަފާރިއަށް ޕްރައިވެޓް ސެކްޓަ މަގުފަހި ކުރުމާއި މޫދަށް ކުނި އެޅުން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމެވެ.

ދިގުމިނުގައި ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު އަދި ފުޅާމިނުގައި 200 މީޓަރު ހުންނަ ތިލަފުއްޓަށް މިހާރު ކުނި އުފުލަނީ ވެމްކޯ އިންނެވެ. ތިލަފަޅަށް ކުނި އަޅައިގެން ހިއްކަން ފެށީ ޖެނުއަރީ 7، 1992 ގަ އެވެ. އެ ރަށުގެ ބޮޑުމިން މިހާރު ގާތްގަނޑަކަށް 4.6 މިލިއަން އަކަފޫޓަށް އަރަ އެވެ.