20 ސެޕްޓެމްބަރ 2018
ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ ބައެއްގެ އަދަބު ރައީސް އަބްދުﷲ ޔާމީން ލުއިކޮށް ދެއްވައިފި އެވެ.
ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ ބައެއްގެ އަދަބު ރައީސް އަބްދުﷲ ޔާމީން ލުއިކޮށް ދެއްވައިފި އެވެ.
ކަރެކްޝަނަލް ސާވިސުން ބުނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އަދަބު ލުއިކޮށް ދިނީ އޮގަސްޓް 13، 2013 ގެ ކުރިން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެކަމަކު އަދަބު ލުއިކޮށް ދިނީ ކިހާ އަދަދެއްގެ މީހުންނަށް ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.
ކަރެކްޝަންސް އިން ބުނީ އެ މުއްދަތުގެ ކުރިން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުން އެ އެ އޮފީހަށް ގުޅައި، އެކަމުގެ މައުލޫމާތު ސާފުކުރަން އެދޭ ކަމަށެވެ. އެއީ އެ ފަރާތްތަކާ ގުޅޭނެ ނަމްބަރެއް އެތަނުގައި ނެތުމުން ކަމަށް ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުންގެ އަދަބު ލުއި ކުރެވޭ ގޮތަށް ހަމަޖެއްސީ ދާދި ފަހުންނެވެ. އެކަމަކު އެފަދަ މީހުުންނަށް އަދަބު ލުއިކޮށް ދެވޭނީ ހުކުމްކުރި ފަހުން ފާއިތުވި ފަސް އަހަރު އިތުރު ކުށެއް ކޮށްފައި ނުވާ ނަމަ އެވެ.
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޔާމީން ފުލުފުލުން ގާނޫނާ ހިލާފު، ފިޔަވަޅެއް ނާޅާ!
ޑްރަގު މައްސަލާގައި ހިމެނޭ އެތައްބަޔަކު ޖަލުން ދޫކޮށްލި
ޔާމީނަށް ދިން ލުއިތައް އުވާލާނެ ކަމުގެ އިންޒާރު!
ޔާމީން ގާނޫނާ ހިލާފުވަނީ، ކަރެކްޝަނުން މޮނިޓަކުރަނީ
އިގުރާރާ ހިލާފުވާ ނަމަ ޔާމީނަށް ފިޔަވަޅު އަޅާނެ
ޔާމީންގެ ހަރަކާތް ކައިރިން މޮނީޓާކުރާނަން: ކަރެކްޝަންސް
މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއް ހަދަނީ
ކޮމިއުނިޓީ ސާވިސްގެ އަދަބުގައި އިސްކަންދޭނީ އުޅޭ ރަށަށް
ޔާމީންގެ ބައްދަލުވުންތަކަށް ހުރަސް ނާޅަން: ކަރެކްޝަންސް