Roadha Mihaaru
ކަސްޓަމްސްގެ މުވައްޒަފުންނަށް ތަފާތު ކުރުމެއް ނޯންނާނެ

ކަސްޓަމްސްގެ މުވައްޒަފުންނާ ދޭތެރޭ ތަފާތު ކުރުމެއް ނޯންނާނެ: އިބޫ

30 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ދޭތެރޭގައި އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ ކަމަށް އިންތިހާބީ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ދޭތެރޭގައި އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ ކަމަށް އިންތިހާބީ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ ކަސްޓަމްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރޭގައި ތަފާތު ފިކުރުގެ މީހުން ތިބޭނެ ކަމަށެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންގެ އިތުރުން، ހިޔާލު ތަފާތުވާ މީހުން ތިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު، އިބޫ ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވާ މީހުން ތިބުމަކީ މައްސަލައެއް ނޫނެވެ.

އިބޫ މިއަދު ކަސްޓަމްސް އިދާރާއަށް ވަޑައިގަތުމުން، ކޮމިޝަނާ ޖެނެރަލް ޖުނައިދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިބޫ މިއަދު ކަސްޓަމްސް އިދާރާއަށް ވަޑައިގަތުމުން، ކޮމިޝަނާ ޖެނެރަލް ޖުނައިދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއިން އެއްވެސް ބޭފުޅަކާ ދޭތެރޭގައި ތަފާތު ކުރުމެއް ނޯންނާނެ. ސިޔާސީ ފިކުރާ އެއްގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ،" ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި ވަޒީފާގެ ކުރިއެރުން ދިނުމުގައި ވެސް އެއްވެސް މުވައްޒަފަކާ ދޭތެރޭގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ އެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ކަސްޓަމްސް އަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި އެތަނުގެ ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ކަސްޓަމްސް އަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި އެތަނުގެ ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަސްޓަމްސްއަކީ ވަރަށް ހިކުމަތްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި، އިބޫ ވަނީ ކަސްޓަމްސްއަކީ ގިނަ ބަޔަކަށް ހިދުމަތް ދޭން ޖެހޭ ބަޔަކަށްވާތީ ވަކި ކުލައަކަށް، ފިކުރަކަށް ބެލުމެއް ނެތި އެންމެންނަށް ހަމަހަމަކޮށް ހިދުމަތް ދިނުމަށް އެދިވަޑައިގެންފަ އެވެ.

އިބޫ ވިދާޅުވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ކުރިމަތިލީ ވަރަށް މުހިންމު މަގްސަދުތަކަކާ އެކީގަ އެވެ. އޭގެ ތެރޭގައި އިންސާފު ގާއިމު ކުރުން އެއީ އެންމެ މުހިންމު ވާޖިބު ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޖުނައި މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޖުނައި މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކަސްޓަމްސްގެ މައި އިދާރާގައި އެ ތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިބޫގެ އިތުރުން، އިންތިހާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.