Roadha Mihaaru
ސައުދީ ރަސްގެފާނަށް ރައީސްގެ ތައުޒިޔާ

ސައުދީ ރަސްގެފާނުގެ ބޭބޭފުޅު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

02 ޑިސެމްބަރ 2019

ސައުދީ އަރަބިއާގެ ރަސްގެފާނުގެ ބޭބޭފުޅު މުތުއަބު ބިން އަބްދުލް އަޒީޒް އަވަހާރަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީގެ ރަސްގެފާނަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައުދީ އަރަބިއާގެ ރަސްގެފާނުގެ ބޭބޭފުޅު މުތުއަބު ބިން އަބްދުލް އަޒީޒް އަވަހާރަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީގެ ރަސްގެފާނަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ބޭބޭފުޅު މުތުއަބު މިއަދު އަވަހާރަވީ އުމުރުފުޅުން 88 އަހަރުގަ އެވެ.

މުތުއަބު އަވަހާރަވުމާ ގުޅިގެން ރަސްގެފާނު ސަލްމާނަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖްގައިވަނީ އެ ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި ސައުދީގެ ޝާހީ އާއިލާ އަށް ކުރިމަތިވި އެ ހިތާމާގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މުތުއަބުގެ އާއިލާ އާއި ރަސްގެފާނު ސަލްމާނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

މުތުއަބަކީ ސައުދީގެ ބާނީ އަލް ސައުދުގެ ދަރިކަލުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވި ބޭފުޅާ އެވެ. އޭނާ ވަނީ ކުރިން މައްކާގެ ގަވަރުނަރު ކަމާއި ސައުދީ ސަރުކާރުގެ އިސް މަގާމުތަކެއް ވެސް އަދާ ކުރައްވައިފަ އެވެ.