މެންޗެސްޓާ (އޮކްޓޯބަރު 1) – އެލަން ޝިއަރާ 260 ގޯލް ޖަހައިގެން ހަދާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ސާޖިއޯ އަގުއޭރޯ އަށް މުގުރާލެވިދާނެ ކަމަށް އޭނާއާ އެކު މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެނާޑޯ ސިލްވާ ބުނެފި އެވެ.
01 އޮކްޓޯބަރ 2018
މެންޗެސްޓާ (އޮކްޓޯބަރު 1) – އެލަން ޝިއަރާ 260 ގޯލް ޖަހައިގެން ހަދާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ސާޖިއޯ އަގުއޭރޯ އަށް މުގުރާލެވިދާނެ ކަމަށް އޭނާއާ އެކު މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެނާޑޯ ސިލްވާ ބުނެފި އެވެ.
އުމުރުން 30 އަހަރުގެ އަގުއޭރޯ ހޮނިހިރު ދުވަހު ބްރައިޓަން ކޮޅަށް ޖެހި ލަނޑާ އެކު ވަނީ 148 ލަނޑު ހަމަކޮށް ނިއުކާސަލް ޔުނައިޓެޑަށް ޝިއަރާ ލަނޑު ޖެހި އަދަދާ ހަމަކޮށްފަ އެވެ. އެކަމަކު ޝިއަރާގެ ޖުމްލަ ރެކޯޑާ ހަމަކުރަން އަގުއޭރޯ އަށް އަދި 112 ލަނޑު ބޭނުންވެ އެވެ.
"އަހަރެން ދެކޭ ގޮތުގައި އޭނާ އަށް އެ ހިސާބަށް ވާސިލްވެވޭނެ. ކޮންމެ ސީޒަނެއްގައި އޭނާ ލަނޑު ޖަހާ އަދަދު އެބަ އިތުރުކުރޭ. އަހަރެން އުއްމީދުކުރަން މި ކްލަބަށް ގިނަ ތަށިތަކެއް ހޯދައިދޭން އޭނާ އެހީވާނެ ކަމަށް،" ސިލްވާ ބުންޏެވެ.
ޕްރިމިއާ ލީގުގެ އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ޝިއަރާ އާއި އަގުއޭރޯ ހިއްސާކުރަމުން އަންނަނީ ތިން ވަނަ މަގާމެވެ. އެއް ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑަށް 183 ލަނޑު ޖަހައިދިން ވޭން ރޫނީ އެވެ. އަދި ތިން ވަނައިގައި އޮތީ އާސެނަލަށް 175 ގޯލް ޖަހައިދީފައިވާ ތިއެރީ އޮންރީ އެވެ.
ބްލެކްބާން ރޯވާސް އަށް ޖެހި ލަނޑުތަކާ އެކު ޕްރިމިއާ ލީގުގެ އޯލް-ޓައިމް ލަނޑުގެ ލިސްޓުގެ އެއް ވަނައިގައި ޝިއަރާ އޮތީ 260 ގޯލް ޖަހައިގެންނެވެ. އަގުއޭރޯ 148 ލަނޑާ އެކު ލިސްޓުގެ 10 ވަނައިގައި އޮތް ނަމަވެސް، ޝިއަރާ ހަމަކުރުމުގެ ފުރުސަތު މިވަގުތު އެންމެ ބޮޑީ އޭނާ އަށެވެ. ސަބަބަކީ ދެން ތިބި އަށް ކުޅުންތެރިންގެ ތެރެއިން ހަތް ކުޅުންތެރިން ރިޓަޔާކޮށްފައިވާތީ އެވެ. އަދި ވޭން ރޫނީ ވެސް އެމެރިކާގެ މޭޖާ ލީގުގައި ކުޅެމުން އަންނައިރު ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށް ބެލެވެ އެވެ. އަދި މެޗުގެ އަދަދަށް ބަލާއިރު ލަނޑު ޖެހުމުގެ ނިސްބަތް އެންމެ މަތީ ވެސް އަގުއޭރޯގެ އެވެ. މާނައަކީ މި ރޭޓުން ލަނޑު ޖަހަންޏާ އޭނާ އަށް ލިސްޓުގެ އެއް ވަނަ އަށް އަރަން ބޭނުންވަނީ 162 މެޗެވެ.
"ސާޖިއޯ އަގުއޭރޯ އަކީ މެންޗެސްޓާ ސިޓީގެ ތާރީހު ދުށް އެންމެ މޮޅު ލަނޑު ޖެހުންތެރިޔާ. އޭނާ އަކީ ހަމައެކަނި މެންޗެސްޓާ ސިޓީގެ ލެޖެންޑެއް ނޫން. ޕްރިމިއާ ލީގުގެ ވެސް ލެޖެންޑެއް އޭނާ އަކީ. ދުނިޔޭގެ އެންމެ މޮޅު ފޯވާޑަށް ނުވަންޏާ ޔަގީނުން ވެސް އެންމެ މޮޅު އެއް ފޯވާޑް އޭނާ އަކީ،" ސިލްވާ ބުންޏެވެ.
ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު އަގުއޭރޯ ފިޓްވުމާ ގާތަށް
އަގުއޭރޯއާ މެދު އުއްމީދު ދުލެއް ނުކުރަން: ގާޑިއޯލާ
އަގުއޭރޯގެ ރެކޯޑްތަކާ އެކު ސިޓީ ދެ ވަނަ އަށް
މި ވަގުތަށް ސިޓީގެ ޓާގެޓަކީ ގަދަ ހަތަރެއް: އަގުއޭރޯ
މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އަގުއޭރޯ: ގާޑިއޯލާ
ސިޓީ މޮޅުވިއިރު، އަގުއޭރޯ ސަސްޕެންޝަނަކާ ގާތަށް
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު