މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލު މި ވަގުތު އޮތް ގޮތަށް ބަލާއިރު މެންޗެސްޓާ ސިޓީން ޓާގެޓް ކުރަނީ ގަދަ ހަތަރެއްގައި ނިންމާލުމަށް ކަމަށް އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ހޯދި މެންޗެސްޓާ ސިޓީ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.
31 ޑިސެމްބަރ 2019
މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލު މި ވަގުތު އޮތް ގޮތަށް ބަލާއިރު މެންޗެސްޓާ ސިޓީން ޓާގެޓް ކުރަނީ ގަދަ ހަތަރެއްގައި ނިންމާލުމަށް ކަމަށް އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ހޯދި މެންޗެސްޓާ ސިޓީ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.
ސިޓީން މި ސީޒަނާ ކުރިމަތިލީ ޖެހިޖެހިގެން ތިން ފަހަރަށް ލީގުގެ ތަށި އުފުލާލުމުގެ އަޒުމުގަ އެވެ. އެކަމަކު ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، ސިޓީ އޮތީ ލީގުގެ ރޭހުގެ ފަހަތަށް ވެއްޓިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި ސިޓީއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 19 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ސިޓީ އޮތީ 20 މެޗުން 41 ޕޮއިންޓާ އެކު އެވެ.
އަނިޔާއިން ރަނގަޅުވެ އަގުއޭރޯ އެންމެ ފުރަތަމަ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ މިދިޔަ ހުކުރު ދުވަހުގެރޭ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ފެށިގެން 12 މިނިޓް ތެރޭ ކީޕަރު އެޑަސަން މޮރާއޭސް އަށް ރަތް ކާޑު ދެއްކުމުން ދެ ވަނަ ކީޕަރު ކްލައުޑިއޯ ބްރާވޯ އެރުވީ އަގުއޭރޯ ބޭލުމަށް ފަހު އެވެ. ވުލްވްސް އަތުން އެ މެޗުގައި 3-2 އިން ސިޓީ ބަލިވި ނަމަވެސް އާދިއްތަ ދުވަގެރޭ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 2-0 ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެ މެޗުގައި އަގުއޭރޯ ވަނީ ލަނޑެއް ޖަހައިފަ އެވެ.
އެ މެޗަށް ފަހު އަގުއޭރޯ ބުނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ހަމަކުރުމަކީ މި ވަގުތަށް ބަލާއިރު ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ.
"މި ވަގުތު ލިވަޕޫލް އަތުލަން ވަރަށް އުނދަގޫވާނެ. އަހަރެމެންގެ ފޯކަސް ހުރީ މެޗުތަކުން މޮޅުވާން. އެއީ ޔަގީނުން ވެސް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ބޭނުން. އެހެންވެ މި ވަގުތަށް ޓާގެޓަކީ ގަދަ ހަތަރެއް. ދެން ސީޒަން ކުރިއަށް ދާ ގޮތުން ބަދަލުވާނެ،" އަގުއޭރޯ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މި ވަގުތު ލިވަޕޫލަށް ލިބިފައިވާ ލީޑުގައި އެ ޓީމު އޮއްވައި އެ ޓީމާ ހަމަކުރަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ސިޓީން އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު އަގުއޭރޯ ފިޓްވުމާ ގާތަށް
އަގުއޭރޯއާ މެދު އުއްމީދު ދުލެއް ނުކުރަން: ގާޑިއޯލާ
އަގުއޭރޯގެ ރެކޯޑްތަކާ އެކު ސިޓީ ދެ ވަނަ އަށް
"ޝިއަރާގެ ރެކޯޑާ އަގުއޭރޯ އަށް ހަމަކުރެވިދާނެ"
މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އަގުއޭރޯ: ގާޑިއޯލާ
ސިޓީ މޮޅުވިއިރު، އަގުއޭރޯ ސަސްޕެންޝަނަކާ ގާތަށް
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު