Roadha Mihaaru
ފޮރިން ސެކްރެޓަރީ، އިބޫއާ ބައްދަލު ކުރައްވައިފި

ފޮރިން ސެކްރެޓަރީ، އިބޫއާ ބައްދަލު ކުރައްވައިފި

03 އޮކްޓޯބަރ 2018

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިބޫގެ ކެމްޕެއިން އޮފީހުގައި ދެ ބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު ސަރީރު ކުރެއްވި ޓްވީޓެއްގައި ވަނީ އިބޫ އަށް ހޫނު މަރުހަބާއެއް ވިދާޅުވެ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ.

މިއަދު މެންދުރު ބޭއްވި އެ ބައްދަލު ކުރެއްވުމާ ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއްނުކުރެ އެވެ.

ސަރީރު މިއަދު ކުރެއްވި ޓްވީޓް--

ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު އިބޫ ގެންދަވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި އިންތިގާލީ މަރުހަލާގެ ކަންކަން ބެލުމަށް އިބޫގެ ފަރާތުން ކަނޑައަޅާފައިވާ ޓީމުތަކުން އަންނަނީ މިނިސްޓްރީތަކާއި އެކިއެކި ވުޒާރާތަކާ އެކުގައި މަސައްކަތް ކުރަމުންނެވެ.

އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވިގޮތުގައި އިންތިގާލީ މަރުހަލާގެ ކަންތައްތަކަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ފުރިހަމަ އެއްބާރުލުން ލިބެ އެވެ. އެ ކަންކަން ވަރަށް އަމާންކަމާ އެކުގައި އެއްވެސް ދައްޗަކާ ކުރިމަތިނުވެ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.