އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅަށް، ޒުވާނުންތަކެއް އިސްވެ "ސޭވް އައްޑޫ" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.
04 ޖޫން 2021
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅަށް، ޒުވާނުންތަކެއް އިސްވެ "ސޭވް އައްޑޫ" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އައްޑޫގެ ޒުވާނުން އިސްވެ، މި ކެމްޕެއިންގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ރާވަމުންނެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކުރީ މިދިޔަ މަހު 25 ގަ އެވެ. މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ ސަރުކާރުން އެގޮތަށް ފާސްކުރިޔަސް އެކަމަށް އަދި ހުއްދަ ނުދޭ ކަމަށެވެ.
އިންޑިއާގެ ނިންމުމާ ދެކޮޅަށް އައްޑޫގެ ގިނަ ބަޔަކު ފެށުނީއްސުރެ ވަނީ އަޑުއުފުލަން ފަށައިފަ އެވެ. އަދި ކޮންސިއުލޭޓް ގާއިމުކުރުމާ ދެކޮޅު ޕެޓިޝަނެއް ވެސް އަންނަނީ ތައްޔާރު ކުރަމުންނެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ މިފަދަ ހަރަކާތްތަކުން އައްޑޫ މީހުން މިކަމަށް ހޭލުންތެރިކުރުވުން. މިކަމުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ހުރުމުން މީގެން އަޅުގަނޑުމެން އައްޑޫގެ ރައްޔިތުން މިއަދު ނޫނަސް، މުސްތަގުބަލުގައި ކުރިމަތިލާންޖެހިދާނެ ހިތްދަތި ތަޖުރިބާއަކުން ސަލާމަތްވުމަށް މިހާރުއްސުރެ މަސައްކަތްކުރުން،"
"އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަކީ ކުރިން ދިމާވެ، ވާހަކަ ދައްކައި އުޅުނު ވެސް ބައެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ އުފަންވި ބިމުގެ ހިމާޔަތުގައި އެންމެ އެކީގައި ތެދުވަނީ،" ސޭވް އައްޑޫ ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ޓުވިޓާއިން ފެށި މި ކެމްޕެއިން، މިދުވަސްކޮޅު ކޮވިޑާ އެކު ހާލަތު ހުރި ގޮތުން ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ ހަމައެކަނި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މި ކެމްޕެއިންގެ ދަށުން އައްޑޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންގެ ޚާއްސަ ޕެނަލް ޑިސްކަޝަންއެއް މިރޭ 9 ޖަހާއިރު އޮންނާނެ އެވެ.
#SaveAddu Panel Discussion
— #SaveAddu ?? (@SaveAddu) June 3, 2021
Date: 04 June 2021 (Friday)
Time: 9pm
Discussions will be Live streamed via
Facebook: @saveaddumv
Twitter: @SaveAddu pic.twitter.com/bfjScPDSek
މި ޕެނަލް ޑިސްކަޝަންގައި އައްޑު އަށް ނިސްބަތްވާ ޕްރޮފެސަރު ހުސައިން އުގެއިލާއި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާނާއި އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދާއި ރާއްޖޭގެ ހާރިޖީ ދާއިރާގައި 18 އަހަރު މަސައްކަތް ކުރައްވާފައިވާ މުހައްމަދު ނާޝިދު އަދި ސޯޝަލް ސެކްޓާ އެޑްވޮކޭޓް މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަންނަ ވާނެ އެވެ. މި ޕެނަލްގައި ހިމެނޭ ނާޝިދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ނިސްބަތްވަނީ އައްޑު އަށެވެ.
އާންމުންނަށް ވެސް ބެލޭނެ ގޮތަށް ސޯޝަލް މީޑިއާ އާއި ބައެއް ޓީވީ ޗެނަލްތަކުން ވެސް ލައިވް ކުރާ މި ޕެނަލް ޑިސްކަޝަންގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުން އެ ސިޓީ އަށް އަތުވެދާނެ ބަދަލުތަކާއި މިކަމާ ރައްޔިތުން ދެކޮޅުވާ ސަބަބާއި ދެކޮޅު ހަދަންވީ ސަބަބުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް، މައުލޫމާތު ދޭނެ އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ މިފަދަ ހަރަކާތްތަކުން އައްޑޫ މީހުން މިކަމަށް ހޭލުންތެރިކުރުން. މިކަމުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ހުރުމުން މީގެން އަޅުގަނޑުމެން އައްޑޫގެ ރައްޔިތުން މިއަދު ނޫނަސް، މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ ހިތްދަތި ތަޖުރިބާއަކުން ސަލާމަތްވުމަށް މިހާރުއްސުރެ މަސައްކަތް ކުރުން،" އޮފިޝަލް ވިދާޅުވި އެވެ.
މި ހަރަކާތުގެ އިތުރުން ވެސް "ސޭވް އައްޑޫ" އިން އިތުރު ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އެޅުން ހުއްޓުވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯހިލަށް 1،000 މީހުންގެ ސޮޔާ އެކު ޕެޓިޝަނެއް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Addu gai India ge Consulate hedhumaa dhekolhah petition eh
The most trusted news source in the Maldives
Mihaaru
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ދެކޮޅަށް ޕެޓިޝަނެއް ހުޅުވާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު. މި ޕެޓިޝަނަށް 1،000 މީހުންގެ ސޮއި ބޭނުންވޭ.
"ކުއްލިއަކަށް އިންޑިއާގެ ކެބިނެޓުން މި ކަހަލަ ނިންމުމެއް ނިންމާނީ ދިވެހި ސަރުކާރާ ވެސް މަޝްވަރާނުކޮށޭ ބުނުން ގަބޫލުކުރަން އަޅުގަނޑުމެންނަށް ވަރަށް ދަތި،" ވަރަށް ކަނބޮޑުވެފައި ހުރި ޒުވާނަކު އޭނާގެ ޚިޔާލު ހުރި ގޮތް ކިޔައިދިނެވެ.
"މިހާރު ވެސް އައްޑޫގައި އިންޑިއާގެ މިލިޓަރީ ޕްރެޒެންސެއް އޮއްވައި، ކޮންސިއުލޭޓެއް އަޅަން އުޅުނީމާ އެ މީހުންގެ [އިންޑިއާގެ] އިންޓެންޝަންއާ މެދުގައި އެބަ ސުވާލު އުފެދޭ. އެ މީހުން ބޭނުންވަނީ ކަންނޭނގޭ މިތާ އިންޑިއާ މީހުން ވަޒަންވެރި ކުރުވަން. މިތާ [އައްޑޫގައި] އިންޑިއާ ސިފައިން އެބަތިބި އަދި އިންޑިއާ އިން މިހާރު ދަރަންޏަށް ބައިވަރު ޕްރޮޖެކްޓުތައް ވެސް އެބަ ހިންގާ،" އޭނާ ބުންޏެވެ.
އޭނާ ތުހުމަތުކުރި ގޮތުގައި އިންޑިއާ އެގްޒިމް ބޭންކުން ދަރަންޏަށް ފައިސާ ނަގައިގެން އައްޑޫގައި ވަރަށް ގިނަ ޕްރޮޖެކްޓުތައް ހިންގާއިރު، އެ ގައުމުގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން އުޅެނީ އޭގެ ބަދަލުގެ ގޮތުގައި "އައްޑޫ ގުރުބާން" ކޮށްލުމަށެވެ.
އައްޑު އަށް އުފަން ބައެއް ޒުވާނުން އެ ސިޓީގައި ދިރިނޫޅުނަސް، އައްޑޫގެ އެތެރޭގެ އިގުތިސާދުގައި މިހާރު ވެސް އެ މީހުންގެ ވަރަށް ބޮޑު ދައުރެއް އޮންނަ ކަމަށް އެހެން މީހަކު ބުންޏެވެ. އެ މީހުން ވެސް މިކަމާ ދެކޮޅަށް އަޑުއުފަލަނީ އެހެންވެ އެވެ. އިންޑިއާ އިން އައްޑު އަށް އަތްގަދަކޮށްފި ނަމަ، މިހާރު އެ މީހުންނަށް އައްޑޫގެ އިގުތިސާދުގައި ލިބިފައި އޮތް ފުރުސަތު ވެސް ގެއްލި ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މިއީ އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ނުކުންނާނެ ނިންމުމެއް ކަމަށް ބައެއް ޒުވާނުން ފާހަގަކުރި އެވެ.
India ge beynumakee dhekunah aiygadha kurun?
The most trusted news source in the Maldives
Mihaaru
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ގުޅޭ ގޮތުން "މިހާރު" ގައި ލިޔެފައިވާ ތަފްސީލީ ރިޕޯޓެއް.
މި ސަރުކާރުގެ ފަޅީގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވަމުން ގެންދަވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަކީ އެ ސިޓީގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އައްޑު އަށް ވިޔަފާރި އާއި އިންވެސްޓު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ ހުރިހާ މެމްބަރުން ވެސް ވަނީ އިންޑިއާއާ އެއްކޮޅަށް މި މައްސަލައިގައި އަރުއްވައިފަ އެވެ.
ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން މިކަމާ ދެކޮޅު ހަދަމުން އަންނައިރު، މިކަމުގެ ފަހަތުގައިވާ ކަންކަން ސާފުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
މި ސަރުކާރަށް ތާއީދުކުރައްވާ އައްޑޫގެ އިސްބޭފުޅުންގެ ވިސްނުމުގައި ނަމަ އިންޑިއާގެ ކޮންސިއުލޭޓާއެކު، އެ ސިޓީ އަށް ތަރައްގީ އަންނާނެ އެވެ. ވިޔަފާރީގެ ފުރުސަތުތައް ފަހިވާނެ އެވެ. އެހެންވެ، އައްޑޫގައި ގާއިމުކުރާ އެހެން ގައުމެއްގެ ކޮންސިއުލޭޓަކާ، އައްޑޫގެ ތަރައްގީ ގުޅުވާތީ ބައެއް މީހުންނަށް އެއީ ވަރަށް ޖޯކު، ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނަށް ހީވަނީ، އައްޑޫގައި ގާއިމުކުރަން އުޅޭ އިންޑިއާގެ ކޮންސިއުލޭޓަކީ ޝޮޕިންމޯލެއް ކަމަށާއި އެއީ އެ ބޭފުޅުންގެ ނަޒަރުގައި ވިޔަފާރިއެއް ކަމަށެވެ.
އުމަރު މިދިޔަ ހަފުތާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ، އެ ކޮންސިއުލޭޓް އޭނާ އަށް ސިފަކުރެއްވެނީ ކަސްޓަމްސް އަށް އޮޅުވާލައިގެން ފަހަރަކު ބައެއް ރާއްޖެ އެތެރެކުރުން ކަމަށެވެ. އެެ އަށް ބާރު ދެއްވަމުން އުމަރު ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވަނީ އައްޑޫގައި "މިލިޓަރީ މަރުކަޒެއް" އިންޑިއާ އިން ރާވާ މަންޒަރު ކަމަށެވެ.
"ފުރަތަމަ އައްޑު އަށް [އިންޑިއާ އިން] ގެނައީ ހެލިކޮޕްޓަރަކާއި ސިފައިން. ދެން ގެނައީ ރާޑާ ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސްއަކަށް ބޭނުންކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށްޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް،" ކަމުގެ ނުރައްކާތެރިކަމާއި ރޭވެރުންތެރިކަން ހާމަކޮށްދެއްވަމުން އުމަރު ވިދާޅުވި އެވެ.
އައްޑޫގައި ކޮންސިއުލޭޓް އެޅުމާ ދެކޮޅު ޕެޓިޝަނެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅާކަށް އަދި ނުނިންމާ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން