ރާއްޖޭގައި މިނިވަން ނޫސްވެރި ކަމަށް ފުރުސަތު އެބަ އޮތް ކަމަށާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނެފައި އޮތުން ގަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.
04 އޮކްޓޯބަރ 2018
ރާއްޖޭގައި މިނިވަން ނޫސްވެރި ކަމަށް ފުރުސަތު އެބަ އޮތް ކަމަށާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނެފައި އޮތުން ގަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ކޮބައިތޯ [މިނިވަން ނޫސްވެރިކަމެއް] ނެތިފަ. ކީކޭތޯ ނުކިޔަނީ މީހަކާ ބެހޭ ގޮތުން. މީހެއްގެ އަބުރު ކޮން ގޮތަކަށްތޯ ކަތިނުލެވި އޮތީ. ދިވެހިރާއްޖޭގެ އެންމެންގެ ނުވަތަ ގިނަ ބައެއްގެ އަބުރު، ނަފްސު ކަތިލެވިގެން މި ދަނީ. އެހެންވީމާ ރާއްޖޭގައި އަޅުގަނޑަކަށް ހިއެއް ނުވޭ މީޑިއާގެ މިނިވަންކަން މިއަށްވުރެ ފުޅާކޮށް އޮންނާނީ ކިހިނެއް، ކޮން ގޮތަކަށް ކަމެއް،" ޝަހީބު ވިދާޅުވި އެވެ.
މީގެ ހަތަރު އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ވަގަށް ނަގައިފަ އެވެ. އަދި އޭގެ ތިން އަހަރު ފަހުން 2017 ގައި ބްލޮގަރު ޔާމީން ރަޝީދު ވަނީ ވަރަށް އަނިޔާވެރިކޮށް މަރާލައިފަ އެވެ. އެކަންކަން އެގޮތަށް ހުއްޓައި ރާއްޖޭގެ މިނިވަން ނޫސްވެރިކަން އޮތްތޯ ސުވާލު ކުރުމުން ވެސް ޝަހީބު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
".... އެހެންވީމަ މިނިވަންކަން ނެތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވާ ކަމަށް ބުނެފައި އޮތް ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. ސަބަބެއް ކަމަށް ޝަހީބު ވިދާޅުވީ އާރްއެފްއެސް އިން ނެރޭ ރިޕޯޓުތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވުން ކަމަށެވެ.
"އެ ރިޕޯޓަކީ އަޅުގަނޑުމެނެ ބްރޯޑްކާސްޓިން ކޮމިޝަނުން ގަބޫލު ކުރާ، ބަލައިގަންނަ ރިޕޯޓެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އާރްއެފްއެސްގެ ޕްރެސް އިންޑެކްސް ލިސްޓުގައި 2013 ވަނަ އަހަރު ރާއްޖެ އޮތީ 103 ވަނައިގަ އެވެ. މިއަހަރުގެ ލިސްޓު ނެރުނު އިރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ.
ބްރޯޑްކޮމް އިން އިސް ނަގައިގެން ރާއްޖެ ޓީވީގެ މައްސަލަތަކެއް ބަލައި، ފަސް ފަހަރެއްގެ މަތިން، 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ވަނީ ޝަހީބާ ސުވާލު ކޮށްފަ އެވެ. އަދި އެފަދަ ބައެއް މައްސަލަތައް އެ ކޮމިޝަނުން ބަލާފައި ވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ޝަހީބު އެއްބަސްވެވަޑައިގެންނެވި އެވެ.
"ކޮމިޝަނުން އިސް ނަގައިގެން މައްސަލަތައް ބަލާ ކަމުގައިވާ ނަމަ މިއަށްވުރެ ހަމަހަމަކޮށް ބެލެންޖެހޭނެ ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބަލަނީ
ދެ މިލިއަންގެ ޖޫރިމަނާ ވެސް ރާއްޖެޓީވީން ދައްކައިފި
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ކޯޓަށް
ރާއްޖެ ޓީވީ 2،000ރ. އިން ޖޫރިމަނާކޮށްފި
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި
ޝަހީބަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފި
އަބުރުގެ މައްސަލާގައި އިތުރުބަޔަކު ޒިންމާވާންޖެހޭ: އާލާ
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި