Roadha Mihaaru
ތ.ގުރައިދޫ ބަނދަރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ

ތ. ގުރައިދޫ ބަނދަރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ

05 އޮކްޓޯބަރ 2018

ތ. ގުރައިދޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތ. ގުރައިދޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު މިއަދު ވިދާޅުވީ މީގެ 20 އަހަރު ކުރިން އެޅި ބަނދަރު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އެހެންވެ ދަތުރުކުރުމަށް ވަރަށް ބޮޑަށް ގޮންޖެހުންތަކާ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރައިދޫގެ ބަނދަރު ހަލާކުވެފައި.-- ފޮޓޯ: ސޯޝަލް މީިޑިއާ

ގުރައިދޫގެ ބަނދަރު ހަލާކުވެފައި.-- ފޮޓޯ: ސޯޝަލް މީިޑިއާ

ގުރައިދޫ ބަނދަރު ހަދަން މި ސަރުކާރުން 2014 އަދި 2015 ގައި ވެސް ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

"ބަނދަރުގެ އެއްކޮޅު ފުރަތަމަ ހަލާކުވީ. އެތަން ހަލާކުވިތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ. މިހާރު ބޭނުންކުރަނީ މަސްމާރުކޭޓު ފަޅީގައި އޮންނަ ސަރަހައްދު. ވަރަށް ނުރައްކާތެރި،" އާބާދީގައި 2100 އަށްވުރެ ގިނަ މީހުން ހިމެނޭ ގުރައިދޫގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަނދަރު ހަލާކުވުމުގެ ސަބަބުން އެ ސަރަހައްދު ދަނީ ގިރަމުންނެވެ.