Roadha Mihaaru

މަހިބަދޫ ބަނދަރު ހަދަން 31 މިލިއަން ރުފިޔާ އަށް ސެނޮކްއާ ހަވާލުކޮށްފި

އދ. މަހިބަދޫ ބަނދަރު ހެދުމަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ސެނޮކް ޓްރޭޑް ކޮމްބެއިން ޕްރައިވެޓް ލިމިޓެޑާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

މަހިބަދޫ ބަނދަރު ހަދަން ސެނޮކްއާ ހަވާލުކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

01 ޖޫން 2017

އދ. މަހިބަދޫ ބަނދަރު ހެދުމަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ސެނޮކް ޓްރޭޑް ކޮމްބެއިން ޕްރައިވެޓް ލިމިޓެޑާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވިއިރު، ސެނޮކް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ޖެރާޑް ފެނާންޑޯ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން މަހިބަދޫގައި 700 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެއް ތަރައްގީ ކުރެވިގެން ދާނެ އެވެ. އެ މަސައްކަތް ސެނޮކްއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ސެނޮކްއަކީ މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރު ހަދަމުން އަންނަ ލަންކާ ކުންފުންޏެކެވެ.