Roadha Mihaaru

ކައިވެނީގައި މައްސަލަތަކެއް ނުޖެހޭ: މެލަނިއާ ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 13) - ފިރިކަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ދޮގު ކުރައްވައިފި އެވެ.

ކައިވެނީގައި މައްސަލަތަކެއް ނުޖެހޭ: މެލަނިއާ ޓްރަމްޕް
ހަސަން އާމިރު
ހަސަން އާމިރު

13 އޮކްޓޯބަރ 2018

ވޮޝިންޓަން (އޮކްޓޯބަރު 13) - ފިރިކަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ދޮގު ކުރައްވައިފި އެވެ.

އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މެލަނިއާ ވިދާޅުވީ ކައިވެނިން ބޭރުން ފިރިކަލުން ހިންގެވި ކަމަށް ބުނާ ގުޅުންތަކުގެ މައްސަލައަކީ މި ވަގުތަށް ސަމާލުކަން ދޭ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ މުހިންމު ކަންކަން ކުރަން އެބަހުރި ކަމަށެވެ.

ޓްރަމްޕް ދެކެ ލޯބިފުޅުވޭތޯ ސުވާލު ކުރުމުން މެލަނިއާ ވިދާޅުވީ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ދެ މީހުންގެ ގުޅުން ރަނގަޅު ކަމަށެވެ. ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން މީޑިއާގައި ދައްކާ ވާހަކަތައް ހަގީގަތާ އެއްގޮތް ނޫން ކަމަށް ވެސް މެލަނިއާ ވިދާޅުވި އެވެ. ކައިވެނިން ބޭރުން އެއްވެސް ގުޅުމެއް ނުހިންގާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

"އެއީ އަޅުގަނޑުގެ ފޯކަސް މިހާރު ހުއްޓިފައި ހުރި ކަމެއް ނޫން. އަޅުގަނޑަކީ މަންމައެއް އަދި ފަސްޓް ލޭޑީ. ވަރަށް މުހިންމު މަސައްކަތްތައް އަޅުގަނޑު ކުރަން ޖެހޭ،" މެލަނިއާ ވިދާޅުވި އެވެ. "ރަނގަޅާއި ތެދާ އަދި ދޮގު އަޅުގަނޑަށް އެނގޭ."