ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުވާން އަންގައިފި އެވެ.
09 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުވާން އަންގައިފި އެވެ.
މާދަމާ ހެނދުނު ޑީޖޭއޭ އަށް ހާޒިރުވާން އަންގައި، އަލީ ހުސައިނަށް މިއަދު ފޮނުވި ލިޔުމުގައިވަނީ އޭނާ ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށެވެ. އެކަމަކު އޭނާ ހާޒިރު ކުރަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
މީގެ ކުރިން އަލީ ހުސައިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވެ އެވެ.
އަލީ ހުސައިން މާދަމާ ޑީޖޭއޭ އަށް ހާޒިރުވާން އެންގިއިރު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑް ކުރަން މިއަދު ވަނީ ނިންމައިފަ އެވެ. ސުއޫދު ސަސްޕެންޑް ކުރީ މިދިޔަ މަހު އޭނާ ކުރެއްވި ޓްވީޓަކާއި އޭނާއާ ހަވާލާދީ މީޑިއާއެއްގައި ލިޔުނު ޚަބަރަކާ ގުޅިގެންނެވެ.
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
އަލީ ހުސައިންގެ ސަސްޕެންޝަން އުވާލައިފި
މަޝްހޫރު ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލައިފި
ސުޕްރީމް ކޯޓަށް އާޒިމާ ގެންނަން އުޅޭ ކަމުގެ އަޑު!
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
ގޮނޑި ގެއްލޭ އެއްވެސް ކަމެއް ނުހިންގަން އަމުރަކަށް