Roadha Mihaaru
ވަކީލުކަމުގެ ހުއްދައަށް އެދެން ހުޅުވާލައިފި

ވަކީލުކަމުގެ ހުއްދަ އަށް އެދެން ހުޅުވާލައިފި

15 ޖެނުއަރީ 2019

ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ހުޅުވާލައިފި އެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ވަނީ ވަކީލުކަމުގެ ހުއްދަ އަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ވަކީލުކަމުގެ ހުއްދަ ދޭނީ ގާނޫނީ ދާއިރާ ނުވަތަ ޝަރީއާގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ. އަދި ވަކި ކަހަލަ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ. ވަކީލު ކަމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމަނީ ސުޕްރީމް ކޯޓުގައި އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.

ވަކީލު ކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު، ވަކީލުންގެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެ ބިލް މިހާރު އޮތްގޮތަށް ފާސްވެގެން ގާނޫނަކަށް ވެއްޖެ ނަމަ، ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުން ރެގިއުލޭޓް ކުރުމުގެ މަސައްކަތް އެ ގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލްގެ ދަށަށް ބަދަލުވާނެ އެވެ.