Roadha Mihaaru
ނޫސްވެރިޔާގެ މައްސަލާގައި ހަރީރީގެ ތާއީދު ސައުދީ އަށް

ނޫސްވެރިޔާގެ މައްސަލާގައި ހަރީރީގެ ތާއީދު ސައުދީ އަށް

23 އޮކްޓޯބަރ 2018

ބޭރޫތު (އޮކްޓޯބަރު 23) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސަައުދީ އަށް ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް އެ މައްސަލާގައި ސައުދީ އަށް ތާއީދު އޮތްކަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ހާމަކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (އޮކްޓޯބަރު 23) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސަައުދީ އަށް ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް އެ މައްސަލާގައި ސައުދީ އަށް ތާއީދު އޮތްކަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ހާމަކުރައްވައިފި އެވެ.

ހަރީރީ މި ގޮތަށް ކޮމެންޓް ކުރައްވާފައި މި ވަނީ ސައުދީ ވެރިރަށް ރިޔާޒުގައި މަގާމުން އޭނާ އިސްތިއުފާ ދެއްވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އެ ދުވަސްވަރު އަޑު އިވުނު ގޮތުގައި ހަރީރީ އިސްތިއުފާ ދެއްވާފައި ވަނީ މަޖްބޫރީ ހާލަތެއްގަ އެވެ. ނަމަވެސް ގައުމަށް ވަޑައިގެން އިސްތިއުފާ އަނބުރާ ވަނީ ގެންދަވައިފަ އެވެ.

"ނޫސްވެރިޔާ މައްސަލާގައި ސައުދީން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންސާފާ ހަމައަށް ދެވި ހަގީގަތް ހާމަވެގެން ދާނެ،" ހަރީރީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު މިއަަދު ވަނީ ނޫސްވެރިޔާގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ.

ލުބުނާނުގެ އިތުރުން މިސްރާއި ކުވޭތު އަދި ޔޫއޭއީ އިން ވެސް ވަނީ ނޫސްވެރިޔާގެ މައްސަލާގައި ސައުދީ އަށް ތާއީދު އޮތްކަން ހާމަކޮށްފަ އެވެ.

ނޫސްވެރިޔާ ގެއްލިފައި ވަނީ މި މަހު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. އޭގެ ފަހުން ސައުދީން ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި އޭނާ މަރުވެފައިވާ ކަމަށް ބުނެފަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށެވެ.