Roadha Mihaaru
ހޮހަޅައިން ނެރުނު ކުދިން ޔުނައިޓެޑް-އެވަޓަން މެޗަށް

ހޮހަޅައިން ސަލާމަތްކުރި ކުދިން ޔުނައިޓެޑް-އެވަޓަން މެޗަށް

28 އޮކްޓޯބަރ 2018

ބެންކޮކް (އޮކްޓޯބަރު 28) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން މި އަހަރުގެ ޖުލައި މަހު ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން މިރޭ ޕްރިމިއާ ލީގުގައި ކުޅޭ މެޗު ބަލަން އޯލްޑް ޓްރެފޯޑަށް ދާނެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންކޮކް (އޮކްޓޯބަރު 28) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން މި އަހަރުގެ ޖުލައި މަހު ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން މިރޭ ޕްރިމިއާ ލީގުގައި ކުޅޭ މެޗު ބަލަން އޯލްޑް ޓްރެފޯޑަށް ދާނެ އެވެ.

ތައިލެންޑުގެ ވައިލްޑް ބޯސް ފުޓުބޯޅަ ޓީމަށް ނިސްބަތްވާ ކުދިން ދެ ހަފުތާ ފަހުން، އުނދަގޫ އޮޕަރޭޝަނަކަށް ފަހު، ހޮހަޅައިން ސަލާމަތް ކުރުމާ އެކު ޔުނައިޓެޑުގެ އެގްޒެކެޓިވް ވައިސް-ޗެއާމަން އެޑް ވުޑްވާޑް ވަނީ މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗެއް ބަލަން އެ ކުދިން އޯލްޑް ޓްރެފޯޑަށް ދިއުމަށް ދައުވަތު ދީފަ އެވެ.

ހޮހަޅައިން ނެރުނު ކުދިންނާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބައްދަލު ކުރަނީ.

ހޮހަޅައިން ނެރުނު ކުދިން އިއްޔެ ވަނީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯއާ ބައްދަލުކޮށްފަ އެވެ.

މެޗުގެ ކުރިން އެ ކުދިން ދަނޑު ވަށައި ހިނގާލާނެ ކަމަށްވެ އެވެ. އަދި އެ ކުދިން މެޗު ބަލަން ތިބޭނީ ޑައިރެކްޓާސް ބޮކްސްގަ އެވެ. މެންޗެސްޓާ އާއި އެވަޓަން ބައްދަލު ކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު އެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި އިނގިރޭސި ވިލާތުގެ ޑައިވަރުން ވަނީ ބޮޑު އެހީތެރިކަމެއް ދީފަ އެވެ.