Roadha Mihaaru
ބަލިވެއިނުމުގެ ދޭތެރެ ދުރުކުރަންވީ ކިހާ ވަރަކަށް؟

ބަލިވެއިނުމުގެ ދޭތެރެ ދުރުކުރަންވީ ކިހާ ވަރަކަށް؟

31 އޮކްޓޯބަރ 2018

އަހަރުދެކޮޅު ވިހެއުމަކީ މައިމީހާއަށާއި ދަރިފުޅުގެ ސިއްހަތަށް ވެސް ނުރައްކަލެއްކަން ކުރިން ވެސް އެނގެ އެވެ. އެކަމަށް ބާރު ލިބޭ އާ ދިރާސާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު މި ދިރާސާގައި ބުނަނީ މިހާރު ލަފާ ދީފައި އޮންނަ މުއްދަތަށް ވުރެ އަވަހަށް އަލުން ބަލިވެ އިނުމުގައި މައްސަލައެއް ނެތް ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަހަރުދެކޮޅު ވިހެއުމަކީ މައިމީހާއަށާއި ދަރިފުޅުގެ ސިއްހަތަށް ވެސް ނުރައްކަލެއްކަން ކުރިން ވެސް އެނގެ އެވެ. އެކަމަށް ބާރު ލިބޭ އާ ދިރާސާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު މި ދިރާސާގައި ބުނަނީ މިހާރު ލަފާ ދީފައި އޮންނަ މުއްދަތަށް ވުރެ އަވަހަށް އަލުން ބަލިވެ އިނުމުގައި މައްސަލައެއް ނެތް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިރުޝާދު ދެނީ ބަލިވެ އިނދެ ވިހެއުމަށް ފަހު އަލުން ބަލިވެ އިންނަ ނަމަ އެ ދޭތެރެއަށް މަދުވެގެން 18-24 މަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އެކަމަކު އަވަސް އަވަހަށް ބަލިވެ އިނުމުން މައިމީހާ އާއި ތުއްތު ދަރިފުޅަށް ކުރިމަތިވާ މައްސަލަތައް ގިނަ އެވެ. އެގޮތުން ދުވަސް ނުފުރާ ވިހެއުމާއި ދަރިފުޅު އާދަޔާހިލާފަށް ކުޑަވުމާއި މައިމީހާގެ ފުރާނަ އަށް ނުރައްކާވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ އެވެ. އެހެންވެ، ބަލިވެ އިނުމާ ބެހޭ ގޮތުން ޑޮކްޓަރުންގެ ލަފާ އަބަދުވެސް ހޯދަންވާނެ އެވެ.

އާ ދިރާސާގައި ބުނަނީ ހާއްސަ ހާލަތެއް ނެތް ނަމަ، ކޮންމެހެން މިވަރުގެ މުއްދަތެއް ދިނުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ. އެކަމަކު 12-18 މަސް ދުވަސް ތެރޭ އަލުން ބަލިވެ އިނުމަކީ އެކަށީގެންވާ ރަނގަޅު މުއްދަތެއް ކަމަށް ދިރާސާގައިވެ އެވެ.

ޖަމާ މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީ (ޔޫބީސީ) އާއި ހާވަޑް ޓީއެޗް ޗަން ޕަބްލިކް ހެލްތު ސްކޫލްގެ ދިރާސާގައި ބުނި ގޮތުގައި މިއީ އުމުރުން ދުވަސްވާ ފަހުން ދަރިން ހޯދައި އާއިލާ ރާވަން ވިސްނާ މީހުންނަށް އުފާވެރި ޚަބަރެކެވެ.

ދިރާސާ ޓީމުގައި ހިމެނޭ ޑރ. ވެންޑީ ނޯމަން ވިދާޅުވި ގޮތުގައި އަލަށް ބަލިވެ އިންނަ މީހުންނަށް، ދޭތެރެ ދުރުކުރުމުގެ މުހިންމުކަން ކިޔައިދިނުން މުހިންމެވެ. އަދި 35 އަހަރުން މައްޗަށްދާ ފަހުން ދަރިން ހޯދަން ޕްލޭން ކުރާ ނަމަ އެކަމުގައި ސިއްހީ ގޮތުން ހުރި ގޮންޖެހުންތަކަށް ހޭލުންތެރިކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"މިހާތަނަށް އަހަރެމެން ހޯދި ހޯދުންތަކުން ވެސް ދައްކާ ގޮތުގައި މަދުވެގެން އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ވިހާ މީހުންނަށް ދިމާވާ މައްސަލަތައް މަދު. އޭގެ ސަބަބުން ވިހެއުމުގެ ތެރޭގައި ދިމާވާ ކޮމްޕްލިކޭޝަންތައް ވެސް ކުޑަ،" ވެންޑީ ވިދާޅުވި އެވެ.