Roadha Mihaaru
ދިވެހި އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހު 10 ގައި

ދިވެހި ފުރަތަމަ އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހު 10 ގައި އަޅުވަނީ

04 ނޮވެމްބަރ 2018

ރާއްޖޭގެ ސިނަމާ އަށް ރަސްްމީކޮށް އަންނަ ފުރަތަމަ ދިވެހި އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ޕްރިމިއާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ސިނަމާ އަށް ރަސްްމީކޮށް އަންނަ ފުރަތަމަ ދިވެހި އެނިމޭޓެޑް ފިލްމު "ބަގީޗާ" މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ޕްރިމިއާކުރަން ނިންމައިފި އެވެ.

މި ފިލްމަކީ ދިވެހިން ހެއްވައިލި އެނިމޭޓެޑް ކޮމެޑީ "މާކަނާ ޝޯ" އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަނުން ހަދާފައިވާ ފިލްމެކެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޝްވެކްގައި ބާއްވާ ޕްރިމިއާ ޝަރަފުވެރިކޮށްދެއްވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

"ވަރަށް ކުލަގަދަ ޕްރިމިއާ އިވެންޓެއް އޮންނާނެ. އެރޭގެ ޝޯއަކީ ސްޕެޝަލް ސްކްރީނިންއެއްގެ ގޮތުގައި ކުރިއަށް ދާނީ. އެގޮތުން އިންވައިޓީސް ގިނަވާނީ. އޭގެ ތެރޭގައި ރާއްޖޭގެ ވިޔަފާވެރިންނާއި މީޑިއާތަކުގެ މީހުން ވެސް ހިމެނޭނެ،" ޔާމީން ބުންޏެވެ.

"ބަގީޗާ" ޕްރިމިއާކޮށް ދެއްވަނީ އިންތިހާބީ ރައީސް ސޯލިހް.

ދިހަ ވަނަ ދުވަހުގެ ރޭ ""ބަގީޗާ" ޕްރިމިއާ ކުރުމަށް ފަހު 11 ވަނަ ދުވަހުގެ ރެއިން ފެށިގެން މާލެ އާއި ހުޅުމާލޭގެ ޝްވެކްގައި ފިލްމުގެ ޝޯތައް ޓިކެޓް ވިއްކައިގެން ދައްކާނެ އެވެ. މިއަދުގެ ވަގުތެއްގައި ޝްވެކުން ޓިކެޓް ވިއްކަން ފަށާނެ އެވެ.

"މަދުވެގެން ވިއްސަކަށް ޝޯ ދެއްކުން އަހަރެމެންގެ ޓާގެޓަކީ. ދެން ފިލްމަށް ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ވެސް ކުރާނަން،" ޔާމީން ބުންޏެވެ.

"ބަގީޗާ" ގެ ޓްރެއިލާ.

ޔާމީންގެ އަމިއްލަ ވާހަކައަކަށް މުހައްމަދު (ވައްޑެ) ވަހީދުއާ ގުޅިގެން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ބަގީޗާ" ޑައިރެކްޓްކުރީ ޔާމީނެވެ.

އޭނާ ބުނި ގޮތުގައި މީގައި ކިޔައި ދޭނީ ހަތަރު ކުކުޅަކާ އިނދެގެން އުޅޭ ހާލަކާއި އެ އެއްޗެހީގެ ޝައުގުވެރި ދިރިއުޅުމުގެ ވާހަކަ އެވެ. އެހެން ގޮތަކަށް "ބަގީޗާ" ގެ ވާހަކަ ސިފަ ކުރާ ނަމަ މިއީ އެކަކަށް ވުރެ ގިނަ މީހުންނާ އިނދެގެން އުޅޭ ފިރިހެނެއްގެ ވާހަކަ މަޖާ ގޮތަކަށް ކިޔައިދޭނެ ފިލްމެއް ކަމަށް ޔާމީން ބުންޏެވެ.

އެގޮތުން "ބަގީޗާ" އަކީ ހާލަކާއި ގިނަ ދަރިން ހޯދާ ކުކުޅަކާއި މީރުކޮށް ކައްކަން އެނގޭ ކުކުޅަކާއި ބުއްދިވެރި ކުކުޅަކާއި މާ ރީތި ކުކުޅެއްގެ ހަޔާތުގެ ވާހަކަ އެވެ. މި ފިލްމު "ވަރަށް ދިވެހި ވެފައި ސަގާފަތާ ގުޅޭނެ" ކަމަށް ޔާމީން ބުންޏެވެ.

"މިކަހަލަ ކޮންސެޕްޓަކަށް މި ފިލްމު ހަދަން ނިންމީ ރާއްޖޭގައި ވެސް ޕޮލިގަމީ [އެކަކަށް ވުރެ ގިނަ އަނބިން ގެންގުޅުން] އަކީ ޓެބޫއެއްގެ ގޮތުގައި އޮންނަ ކަމަަކަށްވާތީ ތަންކޮޅެއް ކޮމެޑިކް ގޮތަކަށް މި އިޝޫއަށް ފިލްމެއް ހެދުން ޝައުގުވެރި ކަމަކަށް ވާނެތީ،" އޭނާ ބުންޏެވެ.

"ބަގީޗާ" އަކީ 1.2 މިލިއަން ރުފިޔާ އިން ހަދާފައިވާ ފިލްމެއް.

"ބަގީޗާއަކީ 1.2 މިލިއަން ރުފިޔާގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ޔާމީން ބުނީ މިއަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެެރޭ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެމެންގެ ރިސޯސް އާއި ފައިނޭންޝަލް ކެޕޭސިޓީ ހުރި މިންވަރަށް ބަލާ އިރު މިއަށް ކުރެވިފައި މަސައްކަތާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ. އުންމީދު ކުރަން ބެލުންތެރިންނަށް ވެސް ފިލްމު ވަރަށް ކަމުދާނެ ކަމަށް،" ޔާމީން ބުންޏެވެ. "މިއީ އަދި ފެށުމެއް. ބޭނުންވޭ ރާއްޖޭގައި އެނިމޭޝަން މަސައްކަތްތައް ފުޅާވެ، ކޮމްޕެޓިޝަން އުފެދި މިކަހަލަ އުފެއްދުންތައް އިތުރުވެގެން ދާން."

"ބަގީޗާ" ރާއްޖޭގައި ޕްރިމިއާ ކުރުމަށް ފަހު، ބޭރުގެ އެނިމޭޓެޑް ފިލްމު ފެސްޓިވަލްތަކާއި ސިނަމާތަކުގައި އަންނަ އަހަރުން ފެށިގެން ދައްކަން ސެލްމިން އިން ވަނީ ނިންމައިފަ އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި އެކަމާ އުޅެން ފަށާނަން. އަހަރެންގެ ވަރަށް ބޮޑުު ޑްރީމެއް ރާއްޖޭގެ އެނިމޭޓެޑް މަސައްކަތްތައް ބޭރުގައި ދައްކައިލުމަކީ." ޔާމީން ބުންޏެވެ. "އެކަންވެއްޖެ އޮޕޮޗުނިޓީޒް ވެސް ހުޅުވިގެން ދާނެ."

Badhaveen: Yamin ge biya bodu project eh

Badhaveen: Yamin ge biya bodu project eh

The most trusted news source in the Maldives

Mihaaru

"ބަދަވީން" އަކީ ޔާމީންގެ ޑްރީމް ޕްރޮޖެކްޓެއް.

ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑު ތަކުރުފާނު) ނުވަތަ އުތީމު ތިން ބަދަވީންގެ ވާހަކަ ކިޔައިދޭ އެނިމޭޓެޑް ފިލްމެއް ވެސް ޔާމީން ވަނީ "ބަދަވީން" ގެ ނަމުގައި 2016 ގައި ހަދަން ފަށައިފަ އެވެ.

އެކަމަކު އެ ފިލްމަށް ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާތީ އެކަން ފަހިވަންދެން "ބަދަވީން" މި ވަގުތަށް ވަނީ ބާއްވައިފަ އެވެ.

"އެ ފިލްމު އަހަރެން އެންމެ ބޭނުންވާ ފެންވަރަށް ހެދޭ ވަރުގެ ބަޖެޓެއް ލިބެންދެން މަޑުކޮށްލައިގެން މި ހުންނަނީ،" ޔާ،ީން ބުންޏެވެ. "އެއީ އަހަރެންގެ ޑްރީމް ޕްރޮޖެކްޓެއް."