Roadha Mihaaru
"ބަގީޗާ" ގެ ޕްރިމިއާ މިއަދު

އެނިމޭޓެޑް ފިލްމު "ބަގީޗާ" ގެ ޕްރިމިއާ މިއަދު

10 ނޮވެމްބަރ 2018

ރާއްޖޭގެ ސިނަމާ އަށް އަންނަ ފުރަތަމަ ދިވެހި އެނިމޭޓެޑް ފީޗާ "ބަގީޗާ" މިއަދު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ސިނަމާ އަށް އަންނަ ފުރަތަމަ ދިވެހި އެނިމޭޓެޑް ފީޗާ "ބަގީޗާ" މިއަދު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ހަވީރު 5:00 ގައި މި ފިލްމުގެ ޕްރިމިއާ ކުރިއަށް ދާނީ ހުޅުމާލޭގެ ޝްވެކް ސިނަމާގަ އެވެ. ފިލްމު ޕްރިމިއާކޮށް ދެއްވަން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް، "ބަގީޗާ" އުފެއްދި ސެލްމިން އެނިމޭޝަނުން ވަނީ ދައުވަތު ދީފަ އެވެ.

"ބަގީޗާ" ގެ ޕްރިމިއާ ވަރަށް ކުލަގަދަކޮށް ބާއްވަން ވަނީ ނިންމައިފަ އެވެ.

މި ފިލްމަކީ އެނިމޭޓެޑް ޓީވީ ޝޯ "މާކަނާ" ބެލުންތެރިންނަށް ގެނެސް ދިން ޔާމީން ރަޝީދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ބަގީޗާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޔާމީނާއި މުހައްމަދު (ވައްޑެ) ވަހީދެވެ.

"ބަގީޗާ" ގެ ޓިކެޓް މިހާރު އަންނަނީ ޝްވެކް ސިނަމާ އިން ވިއްކަމުން.

"ބަގީޗާ" އަކީ ހަތަރު ކުކުޅާ އިނދެގެން އުޅޭ ހާލަކާއި އެ އެއްޗެހީގެ ޝައުގުވެރި ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެހެން ގޮތަކަށް "ބަގީޗާ" ގެ ވާހަކަ ސިފަ ކުރާ ނަމަ މިއީ އެކަކަށް ވުރެ ގިނަ މީހުންނާ އިނދެގެން އުޅޭ ފިރިހެނެއްގެ ވާހަކަ މަޖާ ގޮތަކަށް ކިޔައިދޭނެ ފިލްމެއް ކަމަށް ޔާމީން ބުންޏެވެ. "ބަގީޗާ" ގެ މައިގަނޑު ޕްލޮޓަކީ ގިނަ ދަރިން ހޯދާ ކުކުޅަކާއި މީރުކޮށް ކައްކަން އެނގޭ ކުކުޅަކާއި ބުއްދިވެރި ކުކުޅަކާއި މާ ރީތި ކުކުޅަކާ އިނދެގެން އުޅޭ ހާލެއްގެ ހަޔާތުގެ ވާހަކަ އެވެ. މީގެ ކެރެކްޓާތަކަށް އަޑު އަޅާފައި ވަނީ ވައްޑެ، އިނާޔަތު އަލީ، އައިޝަތު ޝަނާޒް، އައިމިނަތު ޝަމާ، ރާނިޔާ މުހައްމަދު އަދި ކަމަ ނަޖީބެވެ.

Dhivehi animated film "Bageecha" mi mahu 10 gai

Dhivehi animated film "Bageecha" mi mahu 10 gai

The most trusted news source in the Maldives

Mihaaru

"ބަގީޗާ" އަކީ ރާއްޖޭގެ ފުރަތަމަ އެނިމޭޓެޑް ފީޗާ.

ފިލްމު ހުޅުމާލޭގައި މިއަދު ޕްރިމިއާ ކުރުމަށް ފަހު، މާދަމާ އިން ފެށިގެން މާލެ އާއި ހުޅުމާލޭގެ ޝްވެކްގައި ޓިކެޓް ވިއްކައިގެން ކުރިއަށް ގެންދާ ޝޯތައް ދައްކަން ފަށާނެ އެވެ. އެ ޝޯތަކުގެ ޓިކެޓް މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަނީ ވިއްކަމުންނެވެ.

ޔާމީން ބުނީ އަމާޒަކީ 1.2 މިލިއަން ރުފިޔާގެ ބަޖެޓަކުން ހެދި "ބަގީޗާ" ގެ މަދުވެގެން ވިހި ޝޯ ދެއްކުން ކަމަށާއި ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.