Roadha Mihaaru
ހުޅުމާލެއަށް ހަމައެކަނި އޭސީ ފެރީގެ ދަތުރުތައް ބާއްވަނީ

ހުޅުމާލެއަށް އޭސީ ފެރީ ނޫން އެހެން ފެރީތަކުގެ ދަތުރުތައް ހުއްޓާލަނީ

04 ނޮވެމްބަރ 2018

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު ފެރީ ދަތުރުތަކުގެ ޑިމާންޑް ދަށްވުމުން، ހުޅުމާލެ އާއި މާލެއާ ދެމެދު މާދަމާ އިން ފެށިގެން ހަމައެކަނި އޭސީ ފެރީތަކުގެ ދަތުރުތައް ބާއްވަން އެމްޓީސީސީން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު ފެރީ ދަތުރުތަކުގެ ޑިމާންޑް ދަށްވުމުން، ހުޅުމާލެ އާއި މާލެއާ ދެމެދު މާދަމާ އިން ފެށިގެން ހަމައެކަނި އޭސީ ފެރީތަކުގެ ދަތުރުތައް ބާއްވަން އެމްޓީސީސީން ނިންމައިފި އެވެ.

މި ބަދަލާ އެކު، ހުޅުމާލެ އާއި މާލެއާ ދެމެދު ކުރިން ދަތުރުކުރި އާދައިގެ ފެރީ އާއި އެކްސްޕްރެސް ލޯންޗުގެ ހިދުމަތް ހުއްޓާލާނެ އެވެ.

އޭގެ އިތުރުން ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗް ދަތުރުތައް ވެސް މާދަމާ އިން ފެށިގެން ހުއްޓާލާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ، ކޮޅަކަށް 10ރ ނަގައިގެން ކުރާ އޭސީ ފެރީގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން ބާއްވާނެ ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި ބައެއް ފެރީތައް ހުއްޓާލި ނަމަވެސް ހުޅުމާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތް ކުރިއަށް ދާނެ އެވެ.

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު މާލެ އާއި ހުޅުމާލެއާ ދެމެދު ގިނަ މީހުން ދަތުރުކުރަނީ އެއްގަމު އުޅަނދުތަކުގަ އެވެ. އަދި ވެލާނާ އިިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ދަނީ ޓެކްސީގަ އެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ގެންދަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.