05 ނޮވެމްބަރ 2018
މާލޭގެ މަގުތަކާ ގުޅޭ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ޚާއްސަ ބައްދަލުވުމެއް އާންމުންނާ އެކު ބާއްވަވާ އިރު، މިހާރުގެ ސަރުކާރުން ބަންދުކުރި އަމީރު އަހުމަދު މަގާއި މެދު ޒިޔާރާތް މަގު ހުޅުވަން ޖެހޭ ކަމަށް، ބައެއް ޑްރައިވަރުން މިއަދު ބުނެފި އެވެ.
މާލޭގެ މަގުތަކާ ގުޅޭ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ޚާއްސަ ބައްދަލުވުމެއް އާންމުންނާ އެކު ބާއްވަވާ އިރު، މިހާރުގެ ސަރުކާރުން ބަންދުކުރި އަމީރު އަހުމަދު މަގާއި މެދު ޒިޔާރާތް މަގު ހުޅުވަން ޖެހޭ ކަމަށް، ބައެއް ޑްރައިވަރުން މިއަދު ބުނެފި އެވެ.
އެކި މައްސަލަތަކާ މެދު އާންމުންގެ ހިޔާލު ހޯއްދަވަން އިބޫ އިސްނަންގަވައިގެން "ޖަޒީރާ ހޮޅުއަށީ"ގެ ނަމުގައި ފަށާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ޚާއްސަކޮށްފައި ވަނީ މާލޭގެ މަގުތަކުގެ މައްސަލައަށެވެ.
ވެރިރަށުގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުމާއި މަގުތައް ހަލާކުވުމާއި ވިއްސާރައިގައި ފެން ބޮޑުވުން ފަދަ އެތައް މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ.
މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދު ކަމަށްވާ އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދަށް ބޮޑު މައްސަލައެއް ކުރިމަތިވީ މި ސަރުކާރުން، އަމީރު އަހުމަދު މަގު (ބަންޑާރަކޮށީގެ ކުރިމަތިން އޮންނަ މަގު) އާއި މެދު ޒިޔާރަތް މަގު، {ސަލްޓަން ޕާކް ކުރިމަތި) ބަންދުކުރުމުންނެވެ. އެއާ އެކު އެ ހިސާބުގެ ޓްރެފިކް ހަރަކާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ކައިރި އެހެން މަގުތަކާއި ގޯޅިތަކަށް ބާރު ބޮޑުވި އެވެ.
އިސްލާމިކް މަރުކަޒުގެ ދެ ފަރާތުން ދެ މަގު ބަންދުކުރީ އިސްލާމީ މަރުކަޒުގެ ސަރަހައްދު ބޮޑުކުރުމުގެ ނަމުގަ އެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބެހެއްޓި ޖުމްހޫރީ ބިނާ، ނަގާ އެއްލައިލުމެވެ.
މިރޭގެ ބައްދަލުވުމަށް ދާ އިރު ޑްރިވަރުންގެ ގިނަ ހިޔާލުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ހިޔާލަކީ އަމީރު އަހުމަދު މަގާއި މެދު ޒިޔާރަތް މަގުގެ ބަންދުކުރި ބައި އަލުން ހުޅުވާލުމެވެ.
"އެ ދެ މަގު ހުޅުވުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. މާލޭގެ ޓްރެފިކަށް ފަހަކަށް އައިސް ކުރިމަތިި އެންމެ ބޮޑު ތާށި އެއީ، އެ ދެ މަގު ބަންދުކުރުމަކީ،" ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަލީ މުހައްމަދު، 50، ބުންޏެވެ.
"އަޅުގަނޑުމެން މި ވާހަކަ އިބޫއަށް ވެސް ދަންނަވާނަން."
އެހެން ޑްރައިވަރެއް ކަމަށްވާ 32 އަހަރުގެ އާދަމް ނަޝީދު ބުނީ އެ ދެ މަގުގެ ބަދަލުގައި ބޭނުންކުރަން ޖެހެނީ ސްކޫލްތައް ގިނަ މަގުތަކެއް ކަމަށެވެ.
"ދެން ވަންނަން މިޖެހެނީ ލިލީ މަގަށް، އެއީ ސީއެޗްއެސްސީ އާއި އަމީނިއްޔާ ސްކޫލް ހުންނަ މަގު. އަނެއްކާ އިސްކަންދަރަށާއި އަރަބިއްޔައަށް ދާ ގިނަ ބަޔަކު ވެސް ދާނީ އެ މަގުން،" ނަޝީދު ބުންޏެވެ.
ޕިކަޕެއް ދުއްވާ ހަސަން އިބުރާހީމް ،36، ބުނީ އެ ދެ މަގު ބަންދުކޮށްފައި އޮތުމުން ދަތުރުތައް ދިގުވާ ކަމަށެވެ. އެހެންވެ މަގުމަތީގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވެ، މުޅި މާލޭގެ ޓްރެފިކް ފްލޯއަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް އޭނާ ދެކެ އެވެ.
"އެ ދެ މަގުން ކުރި ދަތުރު މިހާރު ކުރަން މިޖެހެނީ ހަނި މަގުތަކަށް ވަދެގެން، އެގޮތް މިގޮތުން. އެހެން ނޫނީ ދެން ޖެހޭނީ މަޖީދީ މަގަށް ނުކުންނަން. އެއީ ވެސް އެހާ ބާރު ބޮޑު މަގެއް،" ހަސަން ބުންޏެވެ.
ބޮޑު ޕިކަޕެއް ދުއްވާ އަބުދުﷲ ،40، ބުނި ގޮތުގައި ދެ މަގު ބަންދުކުރީ މާ މުހިއްމު ސަބަބުތަކެއް ވެސް އޮވެގެންނެއް ނޫނެވެ. އަދި ދެ މަގު ބަންދުކުރުމުން ވެދާނެ ފައިދާއަކަށް ވުރެ މާ ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމަށް ވެސް އޭނާ ދެކެ އެވެ.
"އޭގެ ތެރެއިން އެއް މަގު ހުޅުވުނަސް ވަރަށް ބޮޑު ލުޔަކަށް ވާނެ،" އަބްދުﷲ ބުންޏެވެ.
90 ދުވަސްތެރޭ މަގުތައް އަލުން ހުޅުވާލާނެ: ސަރުކާރު
މާލޭގެ މަގުތަކުގެ ހާލަތު ބެއްލެވުމަށް އައިޝާ މަގުތަކަށް
"ޖަޒީރާ ރާއްޖެ ތަރައްގީކުރަން މާލެ ހިތްފަސޭހަވާންޖެހޭ"
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
މާލެ ދިރިނޫޅެވޭ ވަރުކުރީ ކުރީ ސަރުކާރުތަކުން: އަމީން
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި