Roadha Mihaaru
މާލެ ދިރިނޫޅެވޭ ވަރުކުރީ ކުރީ ސަރުކާރުތަކުން: އަމީން

ދިރިނޫޅެވޭ ވަރަށް ޓްރެފިކް ހާލަތު ގޯސްކުރީ ކުރީ ސަރުކާރުތަކުން: އަމީން

02 އޯގަސްޓް 2024

މާލެ ސަރަހައްދުގެ ޓްރެފިކް ހާލަތު ދިރިނޫޅެވޭ ވަރަށް ގޯސް ކޮށްފައި ވަނީ ކުރީ ސަރުކާރުތަކުން ކަމަށް ޓްރާންސްޕޯޓް އެންްޑް ސިވިލް އޭޝިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސަރަހައްދުގެ ޓްރެފިކް ހާލަތު ދިރިނޫޅެވޭ ވަރަށް ގޯސް ކޮށްފައި ވަނީ ކުރީ ސަރުކާރުތަކުން ކަމަށް ޓްރާންސްޕޯޓް އެންްޑް ސިވިލް އޭޝިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ގަރާޖު ސިޓީތައް ދޫކުރުމާއި ރަޖިސްޓާ ނުކުރާ ވެހިކަލްތައް ބޭނުން ކުރުމާއި މާލެ އާއި ހުޅުމާލޭ މަގުތައް ގޮނޑަކަށް ވާން ކުރީ ސަރުކާރުތަކުން ދޫކޮށްލާފައި އޮތް ކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.

އެ މައްސަލަ އަށް ފަސޭހަ ހައްލެއް ނެތް ކަމަށާއި ނަމަވެސް ރައްޔިތުންގެ މަންފާއަށް ޓަކައި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު ދަންނަވަން. އަދި ކަމާބެހޭ ފަރާތްތަކާއި އާންމުން ގުޅިގެން މި މައްސަލަ ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން،" އަމީން ވިދާޅުވި އެވެ.

އަމީން މަގާމާ ހަވާލުވުމަށް ފަހު ވެހިކަލް ރަޖިސްޓްރީ ނުކުރުން އޮތީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ.

އަމީން މިހެން ވިދާޅުވީ އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ޕާކްކޮށްފައިވާ ގިނަ އަދަދެއްގެ ރޭސިން ކާރުތަކެއް ޓޯ ކޮށްފައި ވަނިކޮށެވެ. އޭގެ ތެރެއިން ބައެއް ކާރުތައް ހުރީ ފޮޓޯތަކުން ފެންނަ ގޮތުގައި ބީ ޒޯނަށް [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓަރީ ކޮށްފަ އެވެ.

ވިނަރެސް ފްލެޓު ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އަނެއްކާވެސް މަގުމަތީގެ ރައްކާތެރިކަމާ މެދު މީހުންގެ މެދުގައި ވަނީ ޝަކުވާ އާއި ކަންބޮޑުވުންތައް އިތުރުވެފަ އެވެ.

ސަރުކާރުން މި ފަހުން ވަނީ ވެހިކަލް ލިމިޓް ކުރުން ހިމެނޭ ގޮތަށް މާލޭގެ ޓްރެފިކް މައްސަލަތަކަށް ބޮޑު ބަދަލެއް އަންނާނެ ޕްލޭނެއް އެކުލަވާލައި އިފްތިތާހު ކޮށްފަ އެވެ.