Roadha Mihaaru
ޗޮކްލެޓް، ކޮފީ އަދި ސައި ހުއްޓާލާނެ ކަމެއް ނެތް

ޗޮކްލެޓް، ކޮފީ އަދި ސައި ހުއްޓާލާނެ ކަމެއް ނެތް

07 ނޮވެމްބަރ 2018

ޗޮކްލެޓާއި ކޮފީ އަދި ސައިގެ ފައިދާތަކުގެ ވާހަކަ ދައްކައި ކޮޅުނުލާނެ އެވެ. މި ފަހަރު ވެސް މީގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗޮކްލެޓާއި ކޮފީ އަދި ސައިގެ ފައިދާތަކުގެ ވާހަކަ ދައްކައި ކޮޅުނުލާނެ އެވެ. މި ފަހަރު ވެސް މީގެ ވާހަކަ އެވެ.

އާ ދިރާސާއެއްގައި ބުނާ ގޮތުގައި ޗޮލްކެޓާއި ކޮފީ އަދި ސަޔަކީ ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ހަދައިފި ނަމަ ލިބޭނެ ފައިދާތައް ގިނަ އެވެ.

ނިއުރެންބާގްގެ އާލެންގެން ޔުނިވަސިޓީ އާއި އަލަބަމާގެ އައުބަން ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ކޮފީ އާއި ސަޔާއި ޗޮކްލެޓް އާންމުކޮށް ބޭނުން ކުރާ ނަމަ ހަށިގަނޑަށް ޒިންކު އިތުރުވެ އެވެ. ނަތީޖާއަޖަށް ވާނީ ބަލިތަކާ ދުރުކޮށްދީ އެކަމުގެ ސަބަބުން އުމުރު ދިގުވުމެވެ.

ހަމަމިއާ އެކު އުމުރުން ދުވަސްވުމުގެ އަލާމާތްތައް ކުޑަކޮށްދީ ކެންސަރާއި ހަނދާން ބަލިވުން (އަލްޒެއިމާ) ފަދަ ސިއްހީ ބޮޑެތި ބަލިތަކުން ދުރުކޮށްދިނުމަށް ވެސް އެހީއަކަށްވެ އެވެ.

ނޭޗަ ކެމިސްޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޗޮކްލެޓާއި ކޮފީ އާއި ސައި ފަދަ އެއްޗެހީގައި އެކުލެވޭ ޒިންކަކީ ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ޖަރާސީމުތަކާއި ވައިރަސްތަކުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑަންޓެއް ކަަމަށްވާ ޕޮލިފެނަލް އެކުލެވޭ މާއްދާއެކެވެ.

އެހެންވެ އެ ބާވަތްތައް ބޭނުން ކުރުމުން ލިއްބައިދޭ ސިއްހީ ފައިދާތައް ގިނަ ކަމަށް ބުންޏެވެ.