Roadha Mihaaru
އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ

އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ

09 ނޮވެމްބަރ 2018

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ގޯސްވެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ގޯސްވެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޖީއެމްޗްގައި އަދީބު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދީބުގެ ގާތް ބައެއް މީހުން ބުނި ގޮތުގައި، އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަތާ ދެ ގަޑިއިރުވެއްޖެ އެވެ.

އަދީބު އައިޖީއެމްއެޗަށް ގެނައީ މިރޭ އަށެއް ޖަހަން އުޅެނިކޮށެވެ. އަދީބު އައިޖީއެމްއެޗަށް ގެނެސްގެން، ފަރުވާ ދެމުން އަންނަކަން އެ ހޮސްޕިޓަލުން ވެސް ކަށަވަރުކޮށްދިނެވެ.ނަމަވެސް އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ނުދެ އެވެ.

އަދީބުގެ އަނބިކަނބަލުން މިރޭ ކުރެއްވި ޓުވީޓު.

މިދިޔަ މަހުގެ ތެރޭގައި އަދީބު ވަނީ ދެ ފަހަރެއްގެ މަތިން މާލެ ގެނެސް، ޔޫރޮލަޖިސްޓަކަށް ދައްކައިފަ އެވެ. އަދި ބައެއް ޓެސްޓުތަކާއި ސްކޭންތައް ހަދާފައިވާ ކަމަށްވެ އެވެ.

އާއިލާ އިން ކުރިން ބުނީ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށެވެ. އަދި އަދީބުގެ ލޮލުގެ ހާލަތު ގޯސްވެ ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ ވީހާވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް އާއިލާ އިން ކުރިން ވަނީ ގޮވާލައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން އުޅުޅީ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ.