ދަރިފުޅު ސްކޫލަށް ގެންދާނެ ރީތި ލަންޗް ބޮކްސްއެއް ފެނިއްޖެ ހެއްޔެވެ؟ އެހެންވިއްޔާ މަސައްކަތުގެ އެއް ބައި ތިޔަ ފުރިހަމަވީ އެވެ. ދެން އޮތީ އެއަށް ލާނީ ކޮން ކަހަލަ ކާއެއްޗެއްސެއްކަން ނިންމުމެވެ.
02 ޑިސެމްބަރ 2018
ދަރިފުޅު ސްކޫލަށް ގެންދާނެ ރީތި ލަންޗް ބޮކްސްއެއް ފެނިއްޖެ ހެއްޔެވެ؟ އެހެންވިއްޔާ މަސައްކަތުގެ އެއް ބައި ތިޔަ ފުރިހަމަވީ އެވެ. ދެން އޮތީ އެއަށް ލާނީ ކޮން ކަހަލަ ކާއެއްޗެއްސެއްކަން ނިންމުމެވެ.
ސްކޫލް އާ އަހަރެއް ފެށޭ ކޮންމެ ވަގުތަކީ ކުދިން ދުޅަހެޔޮ ދިރިއުޅުމަކާ ގާތަށް ގެންދަން ލިބޭ އިތުރު ފުރުސަތަކަށް ހެދިދާނެ އެވެ. އިންޓަވަލް ތައްޔާރުކުރުމުގައި އެ މަގަށް ވިސްނުން ބަހައްޓައިގެންނެވެ.
ކުޑަކުދިންގެ ޑޮކްޓަރު ޒުމްރާ ލަތީފް ލަފާދެއްވާ ގޮތުގައި ސިކުނޑީގެ މަސައްކަތްތައް ކުރިއަށް ގެންދަން ކާނާ އިން ހަކަތަ ބޭނުންވާ އިރު، ހަށިގަނޑަށް އެތެރެވަނީ ކޮން ކަހަލަ ކާނާއެއްތޯ ވިސްނުން ވެސް ވަރަށް މުހިއްމެވެ. އެހެންކަމުން ޑޮކްޓަރުގެ އިރުޝާދަކީ ސްކޫލުގައި އުޅޭ ވަގުތުތަކުގައި ވެސް ދުޅަހެޔޮ ކާބޯތަކެތި ބޭނުންކުރުމެވެ.
"އުފާވެރި، ދުޅަހެޔޮ ދިރިއުޅުމެއްގެ ހައްގު ކޮންމެ ކުއްޖަކަށް ވެސް ލިބިދޭން ޖެހޭ. އެކަމަށްޓަކައި، ބެލެންސްޑް އަދި ފައިދާހުރި ކާނާ ވަރަށް މުހިއްމު،" ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
"އަދި އެކަން ރަނގަޅަށް ދެމެހެއްޓޭނީ ސްކޫލް ގަޑިތަކުގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ވެސް ދުޅަހެޔޮ އެއްޗެއްސަށް ވެގެން."
1. ޕްރޮސެސްޑް އެއްގަމުމަސް، މެޓާ، ޖޫސް ޕެކެޓް އަދި ލޮނު، ފެޓް އަދި ހަކުރު ގިނަ ކާނާ ނުދިނުން
2. ލުއި ކާނާގެ ގޮތުގައި މޭވާ ދިނުން (މިސާލު: ދޮންކެޔޮ އަދި އާފަލު)
3. މައިގަނޑު ކެއުމަށް:
- ސޭންޑްވިޗް (ކަނޑު މަސް، ކުކުޅު އަދި ބިސް، އެވަކާޑޯ، ކިއުކަމްބާ އަދި ލެޓިއުސް ފަދަ ތަރުކާރީއާ އެކު)
- ތަރުކާރީ ޑިޝްއެއް ނުވަތަ ސެލެޑަކާ އެކު މަސް، ކުކުޅު ނުވަތަ ލެންޓިލް ޑިޝްއެއް އަދި ބަތް. ބަތުގެ ބަދަލުގައި ރޮށި، އަލުވި، އަދި ކައްޓަލަ ވެސް ދެވިދާނެ
- ގޭގައި ތައްޔާރުކުރާ ސްޕެގެޓީ/ ޕާސްޓާ
"މައިގަނޑު ކޮންމެ ކެއުމެއް ވެސް ހުންނަން ވާނީ، ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، ފައިބާ އަދި އެކަށީގެންވާ މިންވަރަކަށް ފެޓްސް ހިމެނޭ ގޮތަށް، ބެލެންސްކޮށް. އަދި ފެން ބޯން ކުދިންނަށް ހިތްވަރު ދިނުން ވެސް މުހިއްމު،" ޑރ. ޒުމްރާ ވިދާޅުވި އެވެ.
ފައިދާ ހުރި ކާނާގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި، ސްކޫލް މާހައުލުގައި ވެސް ހެލިފެލިވެ އުޅެން ޖެހޭކަން ޑރ. ޒުމްރާ ފާހަގަކުރައްވަ އެވެ. އެގޮތުން އޭނާގެ ނަސޭހަތަކީ ގަވާއިދުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތެއްގައި ބައިވެރިވާން ދަރިވަރުންނަށް ފުރުސަތު ހޯދައިދީ ހިތްވަރުދިނުމެވެ.
އަލުން ސްކޫލަށް، ތިބީ އުފަލުން ފޮޅިފައި
ސްކޫލް ގައިޑް: ސެލޯފޭން ދޫކޮށްލަމާ!
ސްކޫލް ގައިޑް: މި ތިން ކަމަށް ފަރުވާ ބަހައްޓާ!
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ސިލަބަސް ކަވަރުކުރަން ސްކޫލްތަކުން ވަގުތު އިތުރުކޮށްފި
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް