ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމުން ސިލަބަސް ކަވަރުކުރަން ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކޮށް ހަފްތާ ބަންދުގައި ވެސް ކިޔަވައިދޭން ފަށައިފި އެވެ.
28 ޖެނުއަރީ 2024
ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމުން ސިލަބަސް ކަވަރުކުރަން ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކޮށް ހަފްތާ ބަންދުގައި ވެސް ކިޔަވައިދޭން ފަށައިފި އެވެ.
ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނަނީ ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމާ ގުޅިގެން، ސިލަބަސް ކަވަރުކުރާ ނަމަ ހޮނިހިރު ދުވަހު ވެސް ކިޔަވައިދޭންޖެހޭ ކަމަށެވެ. އެކަމަކު، އެގޮތަށް ވަގުތު އިތުރު ނުކޮށް ވެސް ސިލަބަސް ކަވަރުކުރެވޭނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.
މީގެ ކުރިން މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އާ އަހަރު ފެށުން އަވަސް ކުރިޔަސް ސިލަބަސް ކަވަރުކުރަން ހޮނިހިރު ދުވަހު ކިޔަވައިދޭން ރަސްމީކޮށް ފަށަން ނިންމާފައި ނުވާނެ ކަމަށެވެ. ނަމަވެސް ބައެއް ސްކޫލްތަކުން ހޮނިހިރު ދުވަހު އެކި ކުލާސްތައް ބާއްވާ ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބައެއް ސްކޫލުތަކުގެ ޓީޗަރުން ބުނީ މަތީ ގްރޭޑްތަކަށް ސިލަބަސް ކަވަރުކުރަން ސްކޫލުގައި އިތުރު ވަގުތު ކިޔަވައިދޭންޖެހޭ ކަމަށާއި އެކަމާ ކަންބޮޑުވުން އެބަހުރި ކަމަށެވެ.
"މިދިޔަ ޓާމުގެ ސިލަބަސް ކަވަރު ނުވޭ މި ޓާމު ފެށުނުއިރު، އެހެންވެ އިތުރު ގަޑިތައް ބައިވަރު ނަގަން ފަށައިގެން މިހާރު މި އުޅެނީ،" ޓީޗަރަކު ބުންޏެވެ.
ދަރިވަރުންތަކެއް ކްލާހެއްގައި: ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު ބައެއް ސްކޫލްތަކުގައި ވަނީ ކިޔަވައިދޭ ވަގުތު އިތުރުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެން ޓީޗަރަކު ބުނީ އިތުރު ގަޑިތައް ކިޔަވައިދިނުމަކީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ސްޓްރެސްއަކަށް ވާނެ ކަމަށެވެ.
"ހެނދުނު ދާ ގޮތަށް ސްކޫލުގެ ރަސްމީ ގަޑި މި ނިމެނީ 12:45 ނޫނީ 1:00 ގައި. އަނެއްކާ އެކުދިން މި ޖެހެނީ 1:45 ގައި އިތުރު ގަޑިއަށް އަންނަން. އެ ކުދިން މި ނިމެނީ 3:00 ގައި. އަނެއްކާ ރޭގަނޑު 8:00 އިން 9:30 އަށް ކްލާސްތައް. ގުރުއާން ކްލާހަށްދާ ކުދިން ހަވީރު ލިބޭ ހުސް ވަގުތުކޮޅުގައި މި ދަނީ،" ސެކަންޑްރީ ގްރޭޑެއްގައި ކިޔަވައިދޭ ޓީޗަރަކު ބުންޏެވެ.
ޕްރައިމަރީ ގްރޭޑެއްގައި ކިޔަވައިދޭ ޓީޗަރަކު ބުނީ އެ ގްރޭޑްތަކުގެ ސިލަބަސް ކަވަރުކުރަން ދަރިވަރުންނަށް އިތުރު ގަޑިތައް ނުނަގާނެ ކަމަށާއި ނަމަވެސް ޕްރެކްޓިކަލް ބައިތައް މަދުކޮށް ކިޔަވައިދިނުން އިތުރު ކޮށްގެން ކްލާސްތައް ނަގައިދެމުން އަންނަ ކަމަށެވެ.
"ކުދިންނަށް ކިޔަވައިދޭންޖެހޭ ބައިތައް ހަމަ ކިޔަވައިދޭ، ސިލަބަސްގައި އޮތް ހުރިހާ އެއްޗެއް ހަތަރު މަހުން ކިޔަވައެއް ނުދެވޭނެ. އެހެންވެ ލެކްޗާސް ގޮތަށް ކިޔަވައިދެނީ، ޕްރެކްޓިކަލް ބައިތައް ނުނަގައި ހަމަ އެކަނި ކިޔެވުން ކުރިއަށް ގެންގޮސްގެން. އަވަހަށް ނިންމަން ޖެހޭތީ،" އެ ޓީޗަރު ބުންޏެވެ.
ބައެއް ރަށްރަށުގައި ސިލަބަސް ކަވަރުކުރުމަށް ހުރިހާ ގްރޭޑަކަށް ވެސް މެންދުރު ފަހު ނުވަތަ ހަވީރު އިތުރު ގަޑި ނަގައިދޭން ފަށާފައިވާ ކަމަށްވެ އެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2023 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގަ އެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް
މި ޓާމް ނިމޭނީ އޭޕްރީލް 30ގައި، އާއަހަރު މެއި 26
ދިރާސީ އަހަރުގެ ބަދަލުން 9އިން މަތި އަދި ތަފާތެއްނުވޭ
ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް