Roadha Mihaaru
ކޯޓު އަމުރެއްގެ ދަށުން ވެލެޒިނީ ހައްޔަރު ކޮށްފި

ކޯޓު އަމުރެއްގެ ދަށުން ވެލެޒިނީ ހައްޔަރު ކޮށްފި

13 ނޮވެމްބަރ 2018

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ މިރޭ ހައްޔަރުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ މިރޭ ހައްޔަރުކޮށްފި އެވެ.

ވެލެޒިނީ ހައްޔަރުކުރީ އޭނާ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށް ފަހު މިއަދު ރާއްޖެ އައިސްފައި ވަނިކޮށެވެ. ރާއްޖޭން ބޭރުގައި އުޅެމުން ވެލެޒިނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވާހަކަތައް ދައްކާފައިވާތީ އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް އޮތީ ކަނޑައަޅައިފަ އެވެ.

ފުލުހުން ބުނީ ވެލެޒިނީ މިރޭ ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަމަކު ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

ވެލެޒިނީ ނެދަލެންޑްސްގައި ހުއްޓާ އޭނާ ފުލުސް އޮފީހަށް ހާޒިރުވާން މިދިޔަ އަހަރު ފުލުހުން އެންގި އެވެ. ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން 14 ދުވަސް ތެރޭގައި ވެލެޒިނީ ފުލުހަށް ހާޒިރުވާން އޭރު އެންގިޔަސް، އޭނާ ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.