ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެ، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
24 މެއި 2020
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެ، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ފުލުހުން "މިހާރު" އަށް ބުނީ އެ ފަދަ މައްސަލައެއް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވީ، މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
އެހެންވެ، އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ކުރިން ބުނެފައި ވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ މީގެ ހަތް އަހަރު ކުރިން، 2013 ގައި އާންމުވި ވީޑިއޯ އެކެވެ. އޭރު ނަޝީދާ އިދިކޮޅު، އެކަމަކު މިހާރު ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް އިސް ބޭފުޅުން މި ވީޑިއޯ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ކަން ފަހުން ހާމަވެފައިވާ ޓުވިޓާ ޕޯސްޓުތަކުން އެނގެ އެވެ.
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
ދީން ގަބޫލުނުކުރާކަމަށް ބުނި މައްސަލަ ބަލަން ގޮވާލައިފި
ނަޝީދުގެ މައްސަލަ ބަލަން މުއައްސަސާތަކަށް ހުށަހަޅައިފި
އަނިޔާކުރި ފުލުހުންނަށް ޖިނާއީ ދައުވާކުރަން އެދެނީ
ހަމަލާއަކީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން: ޕީޖީ ޝަމީމް
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ