Roadha Mihaaru
މުއްދަތު އިތުރުނުކޮށް، ވެލެޒިނީ އެޑްމިޓްކޮށްފި

ވެލެޒިނީގެ ބަންދުގެ މުއްދަތު އިތުރުނުކޮށް، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

14 ނޮވެމްބަރ 2018

ރޭ ހައްޔަރުކުރި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ނުގެންގޮސް، އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރޭ ހައްޔަރުކުރި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ނުގެންގޮސް، އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭ ވެލެޒިނީ ހައްޔަރުކުރީ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު އިއްޔެ ރާއްޖެ އައުމުންނެވެ. އޭނާ ހައްޔަރުކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ފުރައްސާރަކުރުންތަކުގެ ސަބަބުން، އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން އޮތީ ކަނޑައަޅައިފަ އެވެ.

އެނގިފައިވާ ގޮތުގައި ވެލެޒިނީގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ނުގެންދަން ނިންމައި، އެކަން ވަކީލުންނަށް މިހާރު ވަނީ އަންގައިފަ އެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ވެލެޒިނީ ހައްޔަރު ކުރުމުން ބައެއް މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާއަކީ ނަފްސާނީ ގޮތުން ފަރުވާ ލިބެންޖެހޭ މީހެއް ކަމަށާއި އެ ހާލަތުގައި ހުރި މީހަކު ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެ އެވެ.