އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ތަރި ބައިޗުން ބުޓިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް ބޮޑު ސްކްރީނަށް ގެންނަން ނިންމައިފި އެވެ.
15 ނޮވެމްބަރ 2018
އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ތަރި ބައިޗުން ބުޓިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް ބޮޑު ސްކްރީނަށް ގެންނަން ނިންމައިފި އެވެ.
ކްރިކެޓަށް މަރުދޭ އިންޑިއާގައި މި ފަހުގެ ތާރީހެއްގައި ފުޓްބޯޅައިގެ ފޯރި އާއި ހުނަރު ހުރިކަން ދައްކުވައިދިނުމުގައި އިސް ދައުރެއް އަދާކުރި އުމުރުން 41 އަހަރުގެ ބައިޗުންގެ ބައޮގްރިކަލް ޑްރާމާއަކީ "ޖުގާދު" އާއި "ޒިލާ ގަޒީއާބާދު" ފަދަ ފިލްމުތައް ޑައިރެކްޓްކުރި އާނަންދު ކުމާރު ހަދާ ފިލްމެކެވެ.
ބައިޗުންގެ ފިލްމާ އެކު އާނަންދު ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަން ނިންމާފައިވާ އިރު، ފިލްމުގެ ސްކްރިޕްޓްގެ މަަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އާނަންދު ބުނި ގޮތުގައި ފިލްމުގައި ބައިޗުންގެ ރޯލް ކުޅޭނެ އެކްޓަރާއި ފިލްމުގެ އިތުރު ކާސްޓުންނާއި ޑައިރެކްޓަރަކީ ކޮބައިކަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އާނަންދު ވަނީ ބައިޗުންއާ ވެސް ބައްދަލުކޮށް، ފިލްމާ ބެހޭ ވާހަކަތައް ހިއްސާކޮށްފަ އެވެ.
އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނޭ ސްޓްރައިކަރު ބައިޗުން ސިފަ ކުރަނީ ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާގެ ފުޓްބޯޅައިގެ ހުނަރު ދައްކައިލި ހުނަރުވެރިޔާގެ ގޮތުގަ އެވެ. އޭނާ އަދި ފާހަގަކުރެވެނީ ޔޫރަޕްގެ ކުލަބަކަށް ސޮއިކުރި އިންޑިއާގެ ދެވަނަ ފުޓްބޯޅަ ތަރީގެ ގޮތުގަ އެވެ.
#DelhiiHeights and #ZilaGhaziabad director Anand Kumar turns producer... Announces a biopic on the inspiring journey of celebrated footballer Bhaichung Bhutia... The director and lead actor are under finalization... Currently, scripting in progress. pic.twitter.com/NkmciwrGv6
— taran adarsh (@taran_adarsh) November 14, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.
ނަވާރަ ސަތޭކަ ނުވަދިހަ ތިނެއްގައި ފުޓްބޯޅައިގެ ތެރެއަށް ނުކުމެ ކާމިޔާބު ކެރިއަރެއް ބިނާކުރި ބައިޗުން އިން ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓައިލީ 2011 ގަ އެވެ. އަދި އޭނާ އަންނަނީ އިންޑިއާގައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިއްލީގައި ބައިޗުން ބުޓިއާ ފުޓްބޯލް ސްކޫލްގެ ނަމުގައި އެކެޑެމީއެއް އަންނަނީ ހިންގަމުންނެވެ. އިންޑިއާ އަށް ހިދުމަތް ކުރާ އަގުހުރި ޝަހުސިއްޔަތުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ޕަދުމާޝްރީ އެވޯޑް ވެސް 2008 ގައި ލިބިފައިވާ ތިން ކުދިންގެ ބައްޕަ އަށް އަރުޖުނާ އެވޯޑް ފޮ ފުޓްބޯލް އަރުވާފައި ވަނީ 1998 ގަ އެވެ.
ބައިޗުންގެ ބައޮގްރަފިކަލް ޑްރާމާ އިއުލާން ކުރި ނަމަވެސް ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބުޓިއާގެ ރޯލް ކުޅޭ ވާހަކަ ޓައިގާ ދޮގުކޮށްފި
ޗެލްސީގެ އެމްބެސެޑަރުކަން އަރުޖުން އަށް
ޖޯންގެ ފުޓްބޯޅަ ފިލްމު "1911" ނިކިލް އަށް
އަޖޭގެ ފުޓްބޯޅަ ފިލްމަށް ތައްޔާރުވާން ފަށައިފި
އެކްޓަރަކަށް ނުވި ނަމަ ޓައިގާ ކުޅޭނީ ފުޓްބޯޅަ
ޖޯން ފުޓްބޯޅަ ފިލްމެއް ހަދަނީ
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
އެކްޝޭގެ ކޮއްކޮގެ ދަރިފުޅު ވެސް ބޮލީވުޑަށް
ޓްރެންޓް އެންމެ މޮޅަށް ކުޅުނު މެޗުގައި އަނިޔާވެއްޖެ!
ތިން އަހަރަށްފަހު ނޭމާގެ ފުރަތަމަ ހެޓްރިކް