Roadha Mihaaru
އިމްރާން ފުލުހުންގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރު އިމްރާން ފުލުހުންގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި

18 ނޮވެމްބަރ 2018

މަގާމުގެ ހުވާ އިއްޔެ ކުރެއްވި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ އިސް ވެރިންނާ މިރޭ ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަގާމުގެ ހުވާ އިއްޔެ ކުރެއްވި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ އިސް ވެރިންނާ މިރޭ ބައްދަލުކުރައްވައިފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. މިއީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އިމްރާން ފުލުހުންގެ މުއައްސަސާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހޯމް މިނިސްޓަރު އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ޕޮލިސް

ހޯމް މިނިސްޓަރު އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ޕޮލިސް

އިމްރާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް އަދި އެ ކޯލިޝަންގެ އެއް ލީޑަރެވެ. ކެބިނެޓުގެ މުހިންމު އެއް ވަޒީރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އިމްރާނަކީ ހަތަރު ލީޑަރުންގެ ތެރެއިން ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅެވެ.

އިމްރާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.

ހޯމް މިނިސްޓަރު އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ޕޮލިސް

ހޯމް މިނިސްޓަރު އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ޕޮލިސް

އެ މައްސަލާގައި އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އޭރު އެ ކޯޓުން އޮތީ ނިންމައިފަ އެވެ.

އެކަމަކު، އިންތިހާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާއެކު، އެ ނިންމުން ރިވިއުކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިހާރު އޮތީ ބަލައިގެންފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ. ނަމަވެސް، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަސް ސުޕްރީމް ކޯޓުން މި ފަހުން ވަނީ އަމުރުކޮށްފަ އެވެ.

އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އޭނާ އަށް ވަޒީރުކަން ކުރެވިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ވަޒީރުކަމުގެ މަގާމު އަދާ ކުރައްވަން އިމްރާނަށް ހުރަސް އެބައޮތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވެސް ވަނީ މިއަދު ވިދާޅުވެފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން، ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ބޭފުޅަކަށް ވަޒީރުކަން ކުރެއްވޭނީ އެ ހުކުމް ތަންފީޒުކޮށް، ނިމުނުތާ ނުވަތަ މާފު ލިބުނުތާ ތިން އަހަރު ވުމަށް ފަހު އެވެ.