ހަރުކަށި ފިކުރުގެ އަށް މީހެއްގެ ފައިގައި ޓެގް އެޅުވީ އެއް އަހަރުގެ މުއްދަތަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
10 މެއި 2020
ހަރުކަށި ފިކުރުގެ އަށް މީހެއްގެ ފައިގައި ޓެގް އެޅުވީ އެއް އަހަރުގެ މުއްދަތަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައިވާ ގޮތުން، އެ އަމުރުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މޭ 7 އަށެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އެދިވަޑައިގަތުމަކަށް އެ އަމުރު ނެރެފައިވަނީ އެ އަށް މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި ހުށައެޅިފައިވާ ސަބަބު ތަކާއި ހެއްކާއި ގަރީނާތަކުގެ މައްޗަށް ބަލާއިރު، މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ގަބޫލު ކުރެވޭ ފަދަ ކަންކަން ހުށަހަޅާފައި ވާތީ ކަމަށް އަމުރުގައި ވެ އެވެ.
ޓެރަރިޒަމްގެ ގާނޫނުގެ 46، 47 ގެ (ށ) އަދި (ނ) އާއި އެ ގާނޫނުގެ 48 ވަނަ މާއްދާ އިން ފެށިގެން 59 ވަނަ މާއްދާއާއި ހަމައަށް ހިމަނާފައިވާ 16 ކަމަކަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއީ:
1. ރޭގަނޑު 8:30 އިން ހެނދުނު 5:00 އަށް ގެއިން ބޭރަށް ނުދިއުމާއި ފުލުހުން އަންގައިފި ނަމަ ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަނުގައި އުޅޭ މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މައުލޫމާތު ދިނުން.
2. މާލެ ސަރަހައްދުން ބޭރަށް ނުދިއުން.
3. ބަލި ވެގެން ރާއްޖެ އިން ބޭރަށް ދާން ޖެހިއްޖެ ނަމަ ހޯމް މިނިސްޓަރު އިމްރާންގެ ހުއްދަ ލިބިގެން ނޫނީ ނުދިއުން.
4. ދިރިއުޅޭ ތަންތަން މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން ހުޅުމާލެ އަށް އެއްވެސް ވަގުތެއްގައި ނުދިއުން.
5. ފައިސާ ކޮންޓްރޯލް ކުރުމުގެ ގޮތުން ބޭންކް އެކައުންޓުގެ މައުލޫމާތާއި މާލީ ހިސާބުތައް އެނގޭނެ އެކައުންޓެއްގެ މައުލޫމާތު ދިނުން.
6. އަމިއްލަ މިލްކުގައިވާ ހުރިހާ މުދަލަކާ ބެހޭ މައުލޫމާތު ހާމަކުރުމާއި މުދާ ބަލަން ޖެހިއްޖެ ނަމަ ދެއްކުން.
7. މުވާސަލާތީ އާލާތްތައް ބަލަން މިނިސްޓަރު އިމްރާން ބޭނުންވެވަޑައިގެންފި ނަމަ ކޮންމެ ވަގުތެއްގައި ވެސް އެ އެއްޗެއް ދެއްކުމާއި މިނިސްޓަރުގެ އެންގެވުމަށް އެންމެހައި މުއާސަލާތީ ވަސީލަތްތައް އަޑުއަހައި ބަލައި މޮނިޓާކޮށް ރެކޯޑް ކުރުން.
8. ކޮންމެ ހަފުތާއަކު އެއްފަހަރު ފުލުހުން ކަނޑައަޅާ ދުވަހެއްގައި، ފުލުހުން ކަނޑައަޅާ މަރުކަޒަކަށް ހާޒިރުވެ ސޮއި ކުރުން.
9. އަމަލުތައް ދެނެގަނެ، އުޅޭނޫޅޭތަން ދެނެގަތުމަށް މުވާސަލާތީ ގުޅުން ދެނެގަތުމަށްޓަކައި އެ މީހެއްގެ ހަށިގަނޑުގައި އިލެކްޓްރޯނިކް އާލާތްތައް ނުވަތަ ދިރިއުޅޭ ތަނުގައި ނުވަތަ ބާރު ފޯރުވޭ ތަނެއްގައި ހަރުކުރުން.
10. މޮނިޓާ ކުރި މީހާގެ ގެދޮރަށް ނުވަތަ އެ ފަރާތް ހުރި ތަނަކަށް ވަދެ ބަލައި ފާސްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
11. ފިލާނެ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އޭނާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
12. މޮނިކަން އަމުރާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ވަދެ ބަލައި ފާސް ކުރުން.
13. ތަކެތި އަތުލައި ހިފެހެއްޓުން.
14. ފިންގާ ޕްރިންޓެއް ނަގަން ބޭނުންވެއްޖެ ހިނދެއްގައި އެ ސާމްޕަލެއް ފުލުހުންނަށް ދިނުން.
15. މޮނިޓާ ކުރެވޭ މީހާގެ ފޮޓޯ އާއި ދިރިއުޅޭ ތަނުގެ ފޮޓޯ ނަގަން ބޭނުންވެއްޖެ ނަމަ އެ ތަކެތި ފުލުހުންނަށް ދިނުން.
16. އަނބުރާ މުޖުތަމައަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އަންގައިފި ނަމަ ފުރިހަމަ އަށް އެއްބާރުލުން ދިނުން.
މި އަމުރުގެ މުއްދަތު އިތުރު ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރަށް ގަބޫލު ކުރެއްވޭ ހާލަތެއްގައި، އެ އަމުރުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހުށަހެޅުއްވޭނެ އެވެ.
ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު.
"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ކަންކަމަށް ފުލުހުންގެ މިސްރާބު ހުއްޓިފައި ވަނިކޮށް، ހަރުކަށި ފިކުރުގެ މީހުން ވެސް ރައްޔިތުންގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުންތައް ހިންގަން ރޭވި އެވެ. އެ ކަންކަމާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ނުތަނަވަސް ހާލަތުގެ ނާޖައިޒު ފައިދާ ނަގައި ޖަލު ތެރޭގައި ވެސް ނުރައްކާތެރި ހާދިސާތައް ހިންގަން މަސައްކަތް ކުރި ކަމަށާއި މަދު ވަގުތުކޮޅެއްގެ ތެރޭގައި ޖަލު އާއްމު ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ 8މީހެއްގެ ފައިގައި ޓެގް އަޅުވަނީ
ހަރުކަށި ފިކުރާ ދެކޮޅަށް ނަޝީދުގެ ވަރުގަދަ މެސެޖެއް!
ޓެގް އެޅުވީ ދައުވާ ނުކުރެވި ދޫކޮށްލަން ޖެހުނު މީހުންގެ
ހަރުކަށި ފިކުރުން ދީފާނެ ގެއްލުމަކަށް ތިބީ ތައްޔާރަށް
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް
ހަރުކަށި މީހުން ވަކި ކުރާ ވިންގް ޖުލައިގައި ނިމޭނެ
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ހަރުކަށި ފިކުރުގެ ބޮޑެއްގެ ފައިގައި ޓެގް އަޅުވައިފި
ޖަލުތަކުގައި ތިބި ހަރުކަށި މީހުންނަށް ހާއްސަ ޔުނިޓެއް
ތިން އަހަރު ތެރޭ ދީނާ ދެކޮޅު 21 މައްސަލަ ބެލި