Roadha Mihaaru
މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރުކަން ދީފި

މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރުކަން ދީފި

19 ނޮވެމްބަރ 2018

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ތުހުމަތުތަކެއްކޮށް، ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރުމަށް ފަހު އަލުން މަގާމު އިއާދަކޮށްފައިވާ އަބުދުލް މަންނާނު ޔޫސުފު ފުުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ތުހުމަތުތަކެއްކޮށް، ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރުމަށް ފަހު އަލުން މަގާމު އިއާދަކޮށްފައިވާ އަބުދުލް މަންނާނު ޔޫސުފު ފުުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކޮށްފި އެވެ.

މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރުކަން ދިންކަން ފުލުހުން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިއުލާނުކޮށްފަ އެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް އަލުން ވަޒީފާ އަށް ނެރުނީ ރިޔާސީ އިންތިހާބަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިދިޔަ މޭ މަހު ނިންމީ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރަން ނުޖެހޭ މީހަކާ ހިއްސާކުރި މައްސަލައިގަ އެވެ.

މަންނާނަކީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައި ދިޔަ ކަންތައްތަކަށް ފަހު މަންނާނު ހުރީ އެއްވެސް ޒިންމާއެއް ހަވާލުނުކޮށް ބަހައްޓައިފަ އެވެ.

މަންނާނު ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލަ ފުލުހުންގެ އިސްތިއުނާފު ބޯޑު، އެޕީލް ބޯޑަށް މަންނާނުގެ ފަރާތުން ހުށަހެޅުއްވުމުން އެ ބޯޑުން ނިންމީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އަލުން މުރާޖައާ ކުރުމަށެވެ.

އެނގިފައިވާ ގޮތުގައި މަންނާނު ވަކިކުރަން ނިންމި ނިންމުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބާތިލުކުރީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ފަހު އެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން މަންނާނު ވަޒީފާ އަށް ނުކުމެވަޑައިގަންނަވަ އެވެ.