23 ނޮވެމްބަރ 2018
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޕްރީ ޔުނިވާސިޓީ ކެރިއަ ގައިޑެންސް ހަރަކާތެއް މާދަމާ ކުރިއަށްގެންދަން ނިންމައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޕްރީ ޔުނިވާސިޓީ ކެރިއަ ގައިޑެންސް ހަރަކާތެއް މާދަމާ ކުރިއަށްގެންދަން ނިންމައިފި އެވެ.
އެ ޔުނިވާސިޓީން ބުނީ މާލޭގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތަކުގައި ވެސް ކެރިއަ ގައިޑެންސްއާ ގުޅޭ ކަންތައްތައް އޮންނާނެ ކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި ލ. ގަމާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ކެމްޕަހުގެ އިތުރުން އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ހުރިހާ ފެކަލްޓީއެއްގައި ވެސް އެ ދުވަހުގެ ހަރަކާތްތައް އޮންނާނެ ކަމަށް ބުންޏެވެ.
މިއަހަރު އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އެ ހަރަކާތް އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެެވެ.
އެމްއެންޔޫ އިން ބުނިގޮތުގައި ކެރިއަ ގައިޑެންސް ހަރަކާތުގައި ތަފާތު އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދަރިވަރުން ކުރިއަށްދާންވީ ދާއިރާތަކާއި މަތީ ތައުލީމް ހާސިލްކުރުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ވެސް ފުރިހަމަ މައުލޫމާތު ދޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
އެ ޔުނިވާސިޓީން މައުލޫމާތު ދެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ޖާނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިން، ޓީޗިން، ނާސިން، ސައިކޮލޮޖީ، ހެލްތު ސައިންސް، އާކިޓެކްޗާ، އިންޓީރިއަ ޑިޒައިން، އިންފޮމޭޝަން ޓެކްނޮލޮޖީ، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ ، ލޯ، އަދި މެޑިސިން ހިމެނެ އެވެ.
މީގެ އިތުރުން އެމްއެންޔޫ އަކީ އިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޔުސިޓީއަކަށް ވުމުން މިފަދަ އިވެންޓަކުން ތަފާތު ދާއިރާތަކުން ކިޔެވުމަށް ޝައުގުވެރިވާ ކުދިންނާއި ރިސާޗަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ބައި ބިލިއަން ރުފިޔާ
އެމްއެންޔޫގެ "ވާޗުއަލް އޯޕަންޑޭ" މާދަމާ ރޭ ބާއްވަނީ
އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި
ދަސްވެނި ހުނަރުތައް ހާސިލްވަނީ ކިހާ ވަރަކަށް؟
އެމްއެންޔޫގެ އާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި
އެމްއެންޔޫ އިން "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް
ނެތީ އިލްމާ އެއްވަރަށް ކަންކަން ކުރާނެ މީހުން: ރައީސް
އެމްއެންޔޫން ސިއްހީ ދާއިރާގެ ޕީއެޗްޑީ ފަށަނީ