ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭނީ އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
26 ނޮވެމްބަރ 2018
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭނީ އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އާއި ސްރީލަންކާގެ ކޯސްޓްގާޑާ ގުޅިގެން "ދޯސްތީ"ގެ ނަމުގައި ބާއްވާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން މާރިޔާ ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގުޅިގެން ހިންގާ މިފަދަ ތަމްރީނުތަކުން ފައިދާ ކުރާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެ ކަމުގެ މުހިއްމުކަން ބޮޑުވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދޯސްތީ" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ދޯސްތީގެ ނަމުގައި ބާއްވާ ތަމްރީނުތައް 1992 ވަނަ އަހަރު ފެށީ އިންޑިޔާ އާއި ރާއްޖެ އެވެ. ނަމަވެސް އެ ތަމްރީނުތަކުގައި ލަންކާ ބައިވެރިވުމަކީ، އެކަމަށް ލިބުނު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ އެގޮތަށް ކުރިއަށްގެންދާ 14 ވަނަ ތަމްރީނު ޕްރޮގްރާމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާ ކޯސްޓް ގާޑުގެ ޑިރެކްޓާ ޖެނެރަލް ރަޖެންދްރަ ސިންހް ވިދާޅުވީ ދޯސްތީގެ ތަމްރީނުތައް ވަރަށް ކައިރިން ބަލާފައިވާ ކަމަށާއި އެ ހަރަކާތަކީ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"ދޯސްތީ" ނަމުގައި ބާއްވާ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އޮފިޝަލުން.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މިއަދު ތަމްރީނުތައް ފެށިކަމުގައި ވިއަސް މައިގަނޑު ހަރަކާތް އޮންނާނީ މާދަމާ ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އެ ތަމްރީނު އޮންނާނީ ކަނޑުފޭރުމުގެ ހާދިސާތަކާއި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަދަ ކަންތައްތަކަށެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވެ އެވެ.
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ދޯސްތީގެ ތަމްރީނުތައް މާރިޔާ ބައްލަވާލައްވައިފި
ރާއްޖެއަށް އަސްކަރީ އެހީ ދޭނެކަމުގެ ޔަގީންކަން
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
ސިޔާސީބޭނުމަށް ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑިކަމެއް
ސިފައިންގެ ތަމްރީނު މަރުކަޒު ނިންމަން އިންޑިއާގެ އެހީ
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް