ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި ތިބޭނެކަމުގެ ޔަގީންކަން އިންޑިއާ އިން ދީފި އެވެ.
ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި ތިބޭނެކަމުގެ ޔަގީންކަން އިންޑިއާ އިން ދީފި އެވެ.
އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާ މިއަދު ބައްދަލުކުރައްވައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގް ވިދާޅުވީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.
މިގޮތުން، އެމްއެންޑީއެފް ގާބިލުކަން އިތުރު ކުރުމަށްޓަކައި ތަމްރީނުގެ ފުރުސަތުތަކާއި އަސްކަރީ އާލަތްތައް ޒަމާނުއްސުރެން ފެށިގެން އިންޑިއާއިން ފޯރުކޮށްދެމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ބާރުމިނުގައި ކުރިއަށް ދިޔުމަކީ ވަރަށް ވެސް މުހިންމު ކަމެއް. އިންޑިއާއިން ރާއްޖެ އަދި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގައި އެކި މަޝްރޫއުތަކާއި އާލަތްތަކާއި ތަމްރީނުގެ ހަރަކާތްތަކުގެ ތެރެއިން އެއްބާރުލުން ދެމުން ގެންދާނެ،" ސިންގް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން. --ފޮޓޯ: ޑިފެންސް މިނިސްޓްރީ
އަސްކަރީ ދާއިރާގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ވެސް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޣައްސާން އިންޑިއާ އަށް ވަޑައިގެން އަސްކަރީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާތައް ކުރައްވާފައި ވާއިރު، މި ސަރުކާރުގެ ވައުދާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ވަނީ ފޮނުވާލައިފަ އެވެ.
މިއީ ސަރުކާރުގައި ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ރާއްޖެ އާއި އިންޑިއާގެ މަޝްވަރާތަކުގައި، އެއްބަސްވެފައި ވަނީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުފެއްދި ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. އެ ހެލިކޮޕްޓަރުތައް ހަދާފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރުގެ ކުންފުންޏަކުންނެވެ. އެހެންވެ، ދެ ގައުމުން އެއްބަސްވި ގޮތަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށްޓަކައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ސަރުކާރުން ސަމާލުކަންދޭނީ ގައުމުތަކާ ގުޅުން ބަދަހިކުރަން
ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ޑޯނިއާ ދުއްވޭނެ ސިފައިންގެ ޕައިލެޓެއް ނެތް: ޑިފެންސް
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ