16 އޯގަސްޓް 2016
ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި އިންޑިއާ އަށް އިއްޔެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި އިންޑިއާ އަށް އިއްޔެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އާސިމް އިންޑިއާ އަށް ވަޑައިގަތީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖުގެ ދައުވަތަކަށެވެ. މި ދަތުރުގައި ސުޝްމާ އެކު ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރަށް، އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ ވެސް އާސިމް ބައްދަލު ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިދިޔަ މަހުގެ 13 ގައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އާސިމް އިއްޔެ ހެނދުނު އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އޭނާއާ ބައްދަލުކުރެއްވި އެވެ.
މިނިސްޓަރު އާސިމް އިއްޔެ އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އޭނާއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން
އާސިމް ވަނީ އިންޑިއާގައި މިއަދު ސުޝްމާއާ ބައްދަލުކުރައްވާފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ އެހީތަކެއް ވެ އެވެ. އެ ގޮތުން، ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ފޮނުވައި އެ ދާއިރާތަކުން ދިވެހިން ތަމްރީނުކޮށް ދެމުން ދެ އެވެ. އަދި އަސްކަރީ ގޮތުން ވެސް ގިނަ އެހީތަކެއް އަންނަނީ ވަމުންނެވެ.
އެކަމަކު، ޗައިނާއާ އެކު ރާއްޖޭން މި ފަހުން ގުޅުން ބަދަހިކުރަން ފެށުމުން އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ކޮންމެވެސް ވަރަަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އެ މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސްތަކެއް ވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރެއްވި އެވެ.
ސީމެގާ ގުޅޭ ގޮތުން ރާއްޖޭން އިންޑިއާއާ ވާހަކަދައްކައިފި
ސުޝްމާ، ރައީސާ ބައްދަލުކުރައްވައިފި
އިންޑިއާ ވައުދުވި ގޮތަށް ކަންތައް ކުރަމުންދޭ
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
ސުޝްމާގެ ދަތުރުގައި އާ އެއްބަސްވުންތަކެއް
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް
ވިސާ މައްސަލަ ހައްލުކޮށްދޭން އިންޑިއާ އިން އެދިއްޖެ
ރާއްޖެ-އިންޑިއާގެ ގާތްގުޅުމާ މެދު މަޝްވަރާކޮށްފި
ފޮރިން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގެންފި
ރައީސް ޔާމީންގެ މަންދޫބެއް އިންޑިއާއަށް