28 ނޮވެމްބަރ 2018
މެންޗެސްޓާ (ނޮވެމްބަރު 28) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މުބާރާތުގެ ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މެންޗެސްޓާ (ނޮވެމްބަރު 28) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މުބާރާތުގެ ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މި ހަފްތާގެ މެޗުތަކަށް އައިއިރު ދެ ވަނަ ބުރުގެ ފުރުސަތު ލިބިފައި އޮތީ ހަމައެކަނި ބާސެލޯނާ އަށެވެ. ރޭގެ މެޗުތަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑް، ޔުވެންޓަސް، ބަޔާން މިއުނިކް، މެންޗެސްޓާ ސިޓީ، ރެއާލް މެޑްރިޑް، ރޯމާ އަދި އަޔަކްސް ވަނީ ބާކީ އެއް މެޗު އޮއްވައި ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ.
ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި ފަހު ވަގުތު ބެލްޖިއަމްގެ މިޑްފީލްޑަރު މަރުއާން ފެލައީނީ ޖެހި ގޯލުން 1-0 އިންނެވެ. ޔުނައިޓެޑަށް މެޗުގެ ތެރޭގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބިގެންދިޔަ ނަމަވެސް ބޭނުން ހިފޭ ގޮތެއް ނުވި އެވެ. ފެލައިނީ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ ދިން ބޯޅައަކުންނެވެ.
ފަހު ވަގުތު ފެލައިނީ ލަނޑު ޖެހުމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ޔޫރަޕްގެ މުބާރާތްތަކުގައި އޭނާ އިރުޝާދުދިން ޓީމުތައް މިދިޔަ 14 އަހަރު ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ކަމަށާއި ޗެމްޕިއަންސް ލީގު ނުކުޅެދިޔަ ދެ ފަހަރު އޭނާ ކޯޗުކޮށްދިން ޓީމު ޔޫރޮޕާ ލީގު ހޯދި ކަމަށެވެ.
މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވާ ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ސްޕެއިނުގެ ވެލެންސިއާ ބަލިކޮށްފަ އެވެ. މި މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖެހީ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް އެވެ. ޔުވެންޓަސް އިން މި މެޗުން މޮޅުވުމުން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި މުބާރާތުގައި 100 މޮޅު ހަމަކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑާއި ރެއާލަށް ވެސް މި މުބާރާތުގައި ކާމިޔާބު ހޯދައިދީފަ އެވެ.
އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުން ވަނީ ފްރާންސްގެ ލިޔޯނާ 2-2 އިން އެއްވަރުވެފަ އެވެ. މެކްސްވެލް ކޯނެޓް ދެ ފަހަރެއްގެ މަތިން ލިޔޯނަށް ލީޑުނަގައިދިން ނަމަވެސް ސިޓީން ވަނީ ދެ ފަހަރު ވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީގެ ލަނޑުތައް ޖެހީ އައިމެރިކް ލަޕޯޓް އާއި ސާޖިއޯ އަގުއޭރޯ އެވެ.
ސިޓީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިޔޯން އަތުން ބަލިވެފަ އެވެ. ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ލިޔޯނުން ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށްފަ އެވެ.
އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް ކުޅުނު މެޗުން ވަނީ ރޯމާ އަތުން 2-0 އިން މޮޅުވެފަ އެވެ. ރެއާލުގެ ލަނޑުތައް ޖަހައިދިނީ ލޫކަސް ވަޒްކޭޒާއި ކަރިމް ބެންޒެމާ އެވެ. ލީގުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ބަޔާނަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް ރޭ އެ ޓީމު ވަނީ ޕޯޗުގަލްގެ ބެންފީކާ އަތުން 5-1 އިން މޮޅުވެފަ އެވެ. ނެދަލެންޑްސްގެ އަޔަކްސް ކުޅުނު މެޗުން ވަނީ ގްރީސްގެ އޭއީކޭ އެތަންސް އަތުން 2-0 އިން މޮޅުވެފަ އެވެ.
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ
ޗެމްޕިއަންސް ލީގު: ސިޓީ އާއި ލިޔޯން ކުއާޓާ އަށް
ބޮޑެތި ޓީމުތަކަށް ނާކާމިޔާބު، ސިޓީ އަށް މޮޅެއް
ރެއާލަށް ރަނގަޅު ފެށުމެއް، ސިޓީ މާޔޫސްކޮށްލައިފި