Roadha Mihaaru
މައްސަލަ ހައްލު ކުރަން ސިރިސޭނާ މުހިންމު ނިންމެވުމަކަށް

ލަންކާގެ މައްސަލަ ހައްލު ކުރަން ސިރިސޭނާ މުހިންމު ނިންމެވުމެއް ނިންމަވަނީ

02 ޑިސެމްބަރ 2018

ކޮލަމްބޯ (ޑިސެމްބަރު 2) - ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެތް ކަމަށާއި އެހެންވެ މިހާރު އުފެދިފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ ބުދަ ދުވަހު މުހިންމު ނިންމެވުމެއް ނިންމަވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ)ގެ ޕާލަމެންޓް މެންބަރުންނާ ބައްދަލު ކުރައްވާ ސިރިސޭނާ ވިދާޅުވެފައި ވަނީ އާ ބޮޑު ވަޒީރާ ގުޅޭ ގޮތުން ބުދަ ދުވަހު ޕާލަމެންޓަށް އެމަނިކުފާން ހުށަހަޅާ ހުށަހެޅުއްވުމަށް ނަގާނީ އިލެކްޓްރޯނިކް ވޯޓެއް ކަމަށެވެ.

ރައީސް ސިރިސޭނާ ވަނީ ޓީއެންއޭގެ މެންބަރުންގެ އިތުރުން ޔުނައިޓެޑް ނޭޝަނަލް ފްރަންޓުގެ ލީޑަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

"ރައީސް އެދިވަޑައިގެންފައި ވަނީ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މި މަހު 5 ވަނަ ދުވަހު ހުށަހެޅުމަށް. އަދި އެ ވޯޓުގެ ނަތީޖާ ގަބޫލް ކުރައްވާނެ ކަމަށް ވިދާޅުވި،" ޓީއެންއޭގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ އެސް. ސިވަމޮހަން ވިދާޅުވި އެވެ.

ރާޖަޕަކްސާގެ މައްޗަށް މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފަ އެވެ. ޕާލަމެންޓުން މިހާރު ވަނީ ރާޖަޕަކްސާ އާއި ލަންކާ ސަރުކާރުގެ މިނިސްޓަރުންނަށް ޚަރަދު ކުރުން ހުއްޓާލައިފަ އެވެ.

ސިރިސޭނާ ވަނީ އޮކްޓޯބަރު 26 ވަނަ ދުވަހު މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ ދެން ބޮޑު ވަޒީރުގެ މަގާމަށް ގެންނާނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.